ޔޫކްރޭންގެ ގިނަ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްތައް ކަނޑާލާފައި

ދުނިޔެ

ޔޫކްރޭން, އެތައް މިލިއަން ބަޔަކަށްވަނީ ކަރަންޓް ކަނޑާލާފައި : ޒެލެންސްކީ

ރާނިއާ - ޔޫރަޕް | 30 އޮކްޓޯބަރ 2022 , އާދީއްތަ 09:14   243

ޔޫކްރޭންގެ ކަރަންޓު ގްރިޑް އޮޕަރޭޓަރުން ވަނީ ހަކަތަ އުފައްދާ ތަންތަނަށް ރަޝިޔާއިން ދިން ހަމަލާތަކާ ގުޅިގެން ބައެއް ސިޓީތަކުން ވަގުތީ ގޮތުން ކަރަންޓް ކަނޑާލާނެކަން އިއުލާންކޮށްފައެވެ. އަދި ޔޫކްރޭނުގެ ވެރިރަށައި އެހެން ސިޓީތަކަށް ކަރަންޓުގެ ހިދުމަތްތައް ކަނޑާލާފައިވުމުން، މީހުން ވަނީ ކަންބޮނޑުވުން ފާޅުކޮށްފައެވެ.

ރަޝިޔާއިން މުހިންމު ކަރަންޓް އިންފްރާސްޓްރަކްޗަރ ސައިޓްތަކަށް ދިން ހަމަލާތަކުގެ ސަބަބުން ވެރިރަށް ކިއެވް ސަރަހައްދުގެ ކަރަންޓް އޮތީ 30 ޕަސެންޓް ކެޕޭސިޓީ ޑެފިސިޓްގައެވެ، ނުވަތަ ބޭނުންވާ ވަރަށްވުރެ މަދުކޮށެވެ.

އަދި ކިއެވް ސަރަހައްދުގެ ގަވަރުނަރާ ހަވާލާދީ ބުނެފައިވަނީ "މުއްދަތެއް ނެތް ގޮތަށް" ކަރަންޓް ކަނޑާލަން ޖެހިދާނެކަމަށެވެ. ކިއެވްގެ މޭޔަރު ވިދާޅުވާ ގޮތުގައި ޔޫކްރޭންގެ ވެރިރަށް ކަރަންޓް ގްރިޑް ހިންގަނީ "އިމަޖެންސީ ގައި" ކަމަށާއި، ހަނގުރާމައިގެ ކުރިން އޮތް މިންވަރާ އަޅާބަލާއިރު ކަރަންޓްގެ މިންވަރު ދެބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށަވެސް ފާހަގަކުރިއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.