އައިފޯން 15 އާއެކު ފޯނުގެ އަރިމަތީގައި ހުންނަ ބަޓަންތައq ނުހުންނާނެ

ޓެކްނޯލޮޖީ

އައިފޯން 15 އަންނައިރު އާޓެކްނޮލޮޖީ އާއިއެކު, 'ފިޒިކަލް ސައިޑް ބަޓަންސް' ގެއްލޭނެ!

ރާނިއާ - ދުނިޔެ | 30 އޮކްޓޯބަރ 2022 , އާދީއްތަ 09:19   250

އެޕަލްއިން އަންނީ އަިއިފޯން 15 އާއެކު 'ފިޒިކަލް ސައިޑް ބަޓަންސް' ދޫކޮށް ބަޓަންތަކެއް ފަދައިން އިހުސާސްކުރެވޭ 'ސޮލިޑް ސްޓޭޓް އޭރިއާތަކަށް' ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވަރަށް އިތުބާރުކުރެވޭ ރިޕޯޓަކުންވަނީ ބުނެފައެވެ.

މި ބަޓަންތައް މަސައްކަތް ކުރާނީ އައިފޯން 7، އަދި 8 ގައި ހުރި ހޯމް ބަޓަންއައި އެއްފަދައަށެވެ. މިފޯން ތަކުގައި ބަޓަންތައް އަސްލު ބަޓަންތައް ކަމަށް އޮޅިގެންދިޔުމަކީ އެކަށީގެންވާކަމެކެވެ. އެކަމަކު ހަގީގަތުގައި އެއީ ހަމައެކަނި ޓަޗް ޕެޑެއް އަދި ވައިބަރޭޝަންތައް ބޭނުންކޮށްގެން ތިރިއަށް ފިތާލާހެން ހީވާ ޓަޗް ޕެޑެކެވެ. ހަމަ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް އޮތް ފޯނުތަކުގެ މެކޭނިކަލް ވޮލިއުމް އާއި ޕަވަރ ބަޓަންތައް ނައްތާލެވިދާނެއެވެ.

އާ ޓެކްނޮލޮޖީގެ ސަބަބުން އެ ޓެކްނޮލޮޖީ ބޭނުންކުރާ ފޯނުތަކަށް ލިބިދާނެ ފައިދާތަކުގެ އެއްވެސް އިޝާރާތެއް ރިޕޯޓުގައި ދީފައިނުވެއެވެ. ނަމަވެސް ވާޗުއަލް ބަޓަންތަކުގެ ތައާރަފައިއެކު ފޯނު އިތުރަށް ހިމަ ކޮށް ބަޓަންތައް ހަލާކުވެނުގޮސް ދިގުދެމިގެންދާނެ ކަމަށް ބެލެވެއެވެ.

އެޕަލްއިންވަނީ ފަހުގެ އައިފޯންތައް އިތުރަށް 'ރިސިލިއަންޓް' ނުވަތަ ވަރުގަދަ ކުރުމުގެ ގޮތުން ގިނަ އާ ފީޗާސްތަކެއް އެކުލަވާލައިފައެވެ. މީގެ ތެރޭގައި އިތުރަށް ވޯޓާޕްރޫފްކުމާއި ފޯނުގެ ބިއްލޫރި ވަރުގަދަކުރުން ހިމެނެއެވެ.

ޓެގްސް: އެޕަލް މޮބައިލް ފޯން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.