އިސްލާމީ އިލްމުވެރިޔާ މުފްތީ މެންކް ރައީސް ސޯލިޙް އާއިއެކު، މޫސުމް ގޯސްވުމުން ދަރުސް ބާއްވާތަނަށް ވަނީ ބަދަލުގެނެވިފައި

ދީން

މުފްތީ މެންކް އައްޑޫގެ ދަރުސް ހައިސްކޫލް ހޯލުގައި، ފުވައްމުލަކު ދަރުސް ހާފިޒް އަހުމަދު ސްކޫލްގައި

ރާނިއާ - އައްޑޫ އަތޮޅު | 29 އޮކްޓޯބަރ 2022 , ހޮނިހިރު 14:56   557

މުފްތީ މެންކް ދަރުސް ބޭއްވުމަށް އައްޑޫ ސިޓީއަށައި ފުވައްމުލަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުވައްމުލަކުގައި ބޭއްވޭ ދަރުސް އޮންނާނީ މިރެއެވެ. އަދި އައްޑޫގައި އޮންނާނީ މާދަމާރެއެވެ.

އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ އިހްތިރާމައި ގަދަރު ލިބިފައިވާ މުފްތީ މެންކް ރާއްޖެއަށް އައިސް ކުރަމުންގެންދާ މިދަތުރުފުޅަކީ އިސްލާމިކް މިނިސްޓްރީއިން ދިން ހާއްސަ ދައުވަތަކާ އެކު ކުރިޔަށްދާ ދަތުރެކެވެ.

ކުރިން މި ދަރުސްތައް ބޭއްވުމަށް އޮތީ މާލޭގައި ބޭއްވުނު ގޮތަށް ހާމަ ތަނެއްގައެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވެފައިވުމާއެކު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ތަންވަނީ ބަދަލުވެފައިކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވުމަަށް ހަމަޖެހިފައިވާ ދަރުސް ކުރިޔަށް ދާނީ ހާފިޒް އަހްމަދު ސްކޫލުގެ ހޯލުގައެވެ. އަދި އައްޑޫގެ ދަރުސް އޮންނާނީ އައްޑޫ ހަި ސްކޫލުގެ ހޯލުގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފުވައްމުލަކު ސިޓީގައި މިރޭ މުފްތީ މެންކްގެ ދަރުހުގައި "އިސްލާމް، ކައިންޑްނެސް އެންޑް ބިނެވޮލެންސް" އައި ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ދަރުސް ޕީއެސްއެމް ގެ އިތުރުން ޓީވީއެމް، މުންނާރު ޓީވީ، ދިވެހިރާއްޖެ އަޑު އަދި ދީނުގެ އަޑުން ވަގުތުން ދައްކައިދޭނެއެވެ.

ޓެގްސް: އިސްލާމްދީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.