އިލެކްޓްރިކް ކާރެއް ޗާޖިން ސްޓޭޝަނެއްގައި، އާދައިގެ ފަސިންޖަރުން އުފުލާ އުޅަނދަކުން އަހަރަކު ގާތްގަނޑަކަށް 4.6 މެޓްރިކް ޓަނުގެ ކާބަން ޑައިއޮކްސައިޑް ބޭރުކުރޭ

ދުނިޔެ

އީޔޫ، 2035 ވަނަ އަހަރުގެ ނިޔަލަށް ކާބަން ދޫކުރާ އުޅަނދުތައް މަނާވާނެ

ރާނިއާ - އޭޝިއާ | 30 އޮކްޓޯބަރ 2022 , އާދީއްތަ 09:07   278

ޔޫރަޕިއަން ޔޫނިއަން އިން ބުރާސްފަތި ދުވަހު ވަނަ އަހަރުގެ ނިޔަލަށް ސީއޯ2 (ކާބަންޑައޮކްސައިޑް) ދޫކުރާ ވެހިކަލްތައް މަނާކުރާނެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

27 މެމްބަރު ޤައުމުތަކުގެ މަންދޫބުން ހިމެނޭގޮތަށް އެކުލަވާލެވިފއިވާ ޔޫރަޕިއަން ކައުންސިލް އަދި ޔޫރަޕިއަން މަޖިލީހުން ވަނީ ބުރާސްފަތި ދުވަހު މި މައުޟޫއައި ބެހޭ ބައްދަލުވުން ވަނީ ފަށާފައެވެ. ފަށައިފައެވެ.

އަޅުގަނޑުމެން ވަނީ ދެންމެ ކާރުތަކުގެ ކާބަން ސްޓޭންޑާޑްޒްއައި ބެހޭ މަޝްވަރާ ނިންމާފައި،

~ ޔޫރަޕިއަން ޕާލަމެންޓްގެ އެންވަޔަރަންމަންޓް ކޮމިޝަންގެ އިސްވެރިއަކަށް ހުންނެވި ފްރާންސްގެ އެމްއީޕީ ޕަސްކަލް ކެންފިން

މިނިންމުމާއިއެކު ޔޫރަޕްގައި 2035 ވަނަ އަހަރުގެ ފަހުން ޑީސެލް އަދި ޕެޓްރޯލުން ދުއްވާކާރު ވިއްކުން މަނާވާނެއެވެ. އެހެންކަމުން އޭގެފަހުން ދެން ޔޫރަޕްގައި ވިއްކޭނީ ހަމައެކަނި އިލެކްޓްރިކް ކާރެވެ.

މިހާރު އީޔޫ ގައުމުތަކުގެ ތެރެއިން ދޫކުރަމުންދާ 15 އިންސައްތަ ކާބަން އަކީ ކާރުތަކުން ބޭރުކުރާ އެއްޗެކެވެ. އަދި ޖުމްލަކޮށް ދަތުރުފަތުރުކުރާ އެހެން އުޅަނދުތަކުން ގާތްގަނޑަކަށް މީގެ ހަތަރު ބައި ކުޅަ އެއްބައި ދޫކުރެއެވެ.

ޓެގްސް: އީޔޫ ޔޫރަޕް ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.