ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް، ވިދާޅުވަނީ އިތުރަށް މާނަކުރަން ނުޖެހޭކަމަށް.

ވިޔަފާރި

ޤައުމީ ސަލާމަތް މާނަކުރާގޮތް ސާފުކޮށް އެނގެންނެތުމަކީ ނާޖާއިޒު ފައިދާނެގުމަށް ހުޅުވިފައިވާ ދޮރެއް : އެމްޖޭއޭ

ރާނިއާ - އައްޑޫ އަތޮޅު | 31 އޮކްޓޯބަރ 2022 , ހޯމަ 08:29   301

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ، ހެއްކާބެހޭ ގާނޫނުގެ ދަށުން މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ހާލަތްތަކާ ކަނޑައަޅާފައިވާގޮތައި އެއްބަސްވާކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށައި،ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެނައުމަށް ވަނީ އެދިފައެވެ. އަދި ސަރުކާރުން ވަނީ މި މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.

ބިލުގައި ހިމެނޭ ބަދަލުތަކުގެ ތެރޭގައި، މަސްދަރު ހާމަކޮށްދިނުމަށް ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅައިގެން، ހައިކޯޓުން ކުރާ އަމުރެއްގެދަށުން މަސްދަރު ހާމަކުރުން ލާޒިމުވުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ގައުމީ ސަލާމަތައި ގުޅުންހުރި ކުށްތަކައި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުކޮށް ދިނުމަށްވެސް ބިލުގައި ވަނީ ހުށަހަޅާފައެވެ.

ނަމަވެސް އަންގާރަ ދުވަހު މިބިލާ ގުޅޭގޮތުން މަޖިލީހުގައި ބޭއްވުނު ބަހުސްގައި ވާހަކަދައްކަމުން އަސްލަމް ވަނީ ގައުމީ ސަލާމަތް މާނަކޮށްދީފައިވާ ކަމަށް ބުނެފައެވެ.

.ގާނޫނުއަސާސީގައި މާނަކޮށް ދީފައި މި ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން ކަމުގައި ބުނެފައި އެ ވަނީ، ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް.

~ މަޖިލީހުގެ މެޖޯރިޓީ މެމްބަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދް އަސްލަމް

ގައުމީ ސަލާމަތް މާނަކުރާ ގާނޫނެއް މިވަގުތު ދިވެހި ރާއްޖެގެ ގާނޫނު އަސާސީގައި ނެތެވެ. އަދި މިއީ މީހުން އޭގެ ނާޖާއިޒް ފާއިދާ ނަގާފާނެ ކަމަކަށް ވުުމުން މިއިސްލާހު ހިމަނައިގެން ގާނޫނު އިސްލާހުކުރުމައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ދެކޮޅެވެ.

ޓެގްސް: ނޫސްވެރިކަން ޤައުމީ ސަލާމަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.