އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިނq

ހަބަރު

އަންހެނުންގެ ފުޓްބޯޅަ އާއުސްމިންތަކަކަށް - ފީފާ

ރާނިއާ - އައްޑޫ އަތޮޅު | 1 ނޮވެންބަރު 2022 , އަންގާރަ 08:25   228

އަންހެނުންގެ ފުޓްބޯޅައަށް ދުނިޔޭގެ ފެންވަރުގައި އަންނަނީ އާމްދަނީ އިތުރުވަމުންނެވެ. ސްޕޮންސަޝިޕްތަކާއި ބްރޯޑްކާސްޓް ޑީލްތަކާއި މާޗަންޑައިޒިތަކަކީ އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކެވެ. ގޭމްގެ ގަވަނިން ބޮޑީ ފީފާ އިން ކުރި އާ ސާވޭއަކުން ސަޕޯޓަރުންގެ ޝައުގުވެރިކަން ބޮޑުވަމުން އަންނަކަންވެސް ދައްކައިދެއެވެ.

ސާވޭއިން ދައްކާގޮތުކައި 'މެޗްޑޭ'ގެ އިތުރުން ބްރޯޑްކާސްޓްކުރުމައި، ކޮމާޝަލް އަދި އިނާމުގެ ފާއިސާގެ މަސްދަރުތައްވެސް އިތުރުވެފައިވާކަން ދައްކައިދެއެެވެ. ކްލަބުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހަރުން އަހަރަށް ވިޔަފާރީގެ އާމްދަނީ ވަނީ 33 އިންސައްތަ އިތުރުވެފައެވެ. އަދި މިއީ ސްޕޮންސަރުންގެ ޝައުގުވެރިކަން އިތުރުވަމުންދާ ކަމުގެ ނިޝާނެއްކަންވެސް ޔަގީނެވެ. އެހެންކަމުން 2021 ވަނަ އަހަރު ލީގްގެ ޓީމްތަކުގައި ޓައިޓަލް ސްޕޮންސަރުން 11 އިންސައްތައިން މިއަހަތު ވަނީ 77 އިންސައްތައަށް އިތުރުވެފައެވެ.

އަހަރުން އަހަރަށް ބްރޯޑްކާސްޓް ކޮށްފައިވާ އަދަދުވެސް ވަނީ 22 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރަށްވެސް ކުރިއެރުމުގ ޖާގަ އެބައޮތްކަން ޔަގީނެވެ.

ފީފާގެ ޗީފް ވިމެންސް ފުޓްބޯޅަ އޮފިސަރު، ސަރައި ބެއާމަން ވިދާޅުވީ މި ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި އަންހެނުންގެ ފުޓްބޯޅައަކީ ރަނގަޅު އިންވެސްޓްމަންޓެކެވެ.

ޓެގްސް: އަންހެނުންގެ ފުޓުބޯޅަ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.