ތަމްސީލުކުރާ ތަސްވީރެއް

މުނިފޫހިފިލުވުން

ދޫނި ގެންގުޅުމަކީ ނަފްސާނީ ސިއްހަތު ރަނގަޅުކޮށްދޭ ކަމެއް - ދިރާސާ

ރާނިއާ - އެހެނިހެން | 31 އޮކްޓޯބަރ 2022 , ހޯމަ 20:16   335

އާ ދިރާސާތަކުން ދައްކައިދޭގޮތުގައި ދޫނި ތަކުގެ ތެރޭގައި އުޅެ، ދޫނި ގޮވާ އަޑު އެހުމަކީ މީހާގެ ނަފްސާނީ ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ.

މިކަން ވަކިން ޚާއްޞަކޮށް ޑިޕްރެޝަން ހުންނަ ފަރާތްތަކުގެ ކިބައިން ފާހަގަ ކުރެވިފައިވެއެވެ.. ޑިޕްރެޝަންއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ އާންމު ނަފްސާނީ ކަމަކަށްވުމުން ދޫނިތަކުން ނަފްސާނީ ސިއްހަތުގެ ހާލަތްތައް ހުންނަ މީހުންނަށް އެހީތެރިވެދޭކަން ދައްކައިދީފައިވެއެވެ.

ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ސްމާޓްފޯން އެޕްލިކޭޝަން އާބަން މައިންޑް ބޭނުންކޮށްގެންނެވެ. މިދިރާސާއިން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމައި، ދޫނި ފެނުމައި ދޫނިތަކުގެ އަޑު އިވުމުގެ ގުޅުން 'ރިައަލްޓައިމް'ކޮށް، ވަގުތުން ރިޕޯޓްކޮށްފައިވެއެވެ.

އޭޕްރީލް 2018 އާއި އޮކްޓޯބަރު 2021 އާ ދެމެދު ކުރިއަށް ގެންދިޔަ މި ދިރާސާގައި، ބައިވެރިން ވަނީ އާބަން މައިންޑް އެޕް ބޭނުންކޮށްގެން 26،856 އެސެސްމަންޓް ފުރިހަމަކޮށްފައެވެ.

މިއެޕް އިން ދުވާލަކު ތިން ފަހަރު ދޫނި ފެންނަތޯ ނުވަތަ ދޫނީގެ އަޑު އިވޭތޯ ސުވާލުކޮށްލުމަށް ފަހު ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ސުވާލުކޮށްފައިވެއެވެ.

ޓެގްސް: ސިކުނޑީގެ ދުޅަހެޔޮކަން ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.