ކޫއްޑޫގެ މިފްކޯ މަސް ފެކްޓްރީ

ޓެކްނޯލޮޖީ

މަސްވެރިންގެ ދުވަހު "މަސްވެރިންގެ އެޕް" ބޭނުންކުރަން ތައްޔާރުވާންފަށައިފި

ރާނިއާ - ދިވެހި ރާއްޖެ | 30 އޮކްޓޯބަރ 2022 , އާދީއްތަ 14:04   307

މިފްކޯއިން މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޒަމާނީ ކުރުމުގެ ގޮތުންވަނީ މަސްވެރިންގެ ދުވަހު 'މަސްވެރިންގެ އެޕް' ބޭނުންކުރަން ފަށަން ތައްޔާރުވަމުންނެވެ.

މަސްވެރިންގެ އެޕް ބޭނުންކުރަން ފެށުމުން، މިފްކޯއިން މަސްވެރިންނަށްދޭ ހިދުމަތްތައް ފަސޭހަކަމައިއެކު ލިބިގެންދިޔުމުގެ އިތުރުން ދޯނިން މަސް ކިރާފައި ހުރި މިންވަރުގެ ތަފާސް ހިސާބުތައްވެސް ބެލެވޭނެއެވެ. އަދި މި އެޕްލިކޭޝަންގެ އަޖުމަ ބެލުމުގެ މަރުހަލާ މިހާރު ކުރިޔަށްދާކަން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން މިހާރުވެސް ދަނީ އެކުންފުނިން ކިރާ މަހުގެ ފާއިސާ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު މަސްވެރިންގެ އެކައުންޓްތަކަށް އޮންލައިންކޮށް ޖަމައުކުރަމުންނެވެ.

އަޅުގަނޑުމެންގެ އެޕްލިކޭޝަން ރެޑީ، މިހާރު ދޯނި ފަހަރާއެކު ޓެސްޓިންގ މަރުހަލާ ދަނީ، އެޕްލިކޭޝަނުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދާނެ، އެގޮތުން އޮޑިވެރިޔާ ގޭގައި ހުންނައިރު، އޭނާގެ ދޯނިން މަސް ކިރައިފިއްޔާ ނޮޓިފިކޭޝަނެއް ދާނެ، ބިލް ފެންނާނެ، ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅަށް މިފްކޯގެ ކެޕޭސިޓީ ހުރި ވަރުވެސް ބަލާލެވޭނެ،

~ މިފްކޯގެ ސީއީއޯ، އިސްމާއިލް ފައުޒީ

ޓެގްސް: މިފްކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.