ފަހުގެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި ވޭޕްކުރުމަކީ ސިނގްރެޓް ބުއިމަށްވުރެ މާނުރައްކާތެރިކަމެއް

ހަބަރު

ރާއްޖޭގައި "ވޭޕް" ކުރާ މިންވަރު ކަންބޮޑުވާންޖެހޭ މިންވަރެއްގައި

ރާނިއާ - ދިވެހި ރާއްޖެ | 1 ނޮވެންބަރު 2022 , އަންގާރަ 10:37   273

ކަސްޓަމްސްގެ ތަފާސް ހިސާބުުތަކުން ދައްކައިދޭގޮގައި ރައްޖެއަށް ސިގިރެޓި އެތެރެކުރާ މިިންވަރު މަދުވެފައިވާ ނަމަވެސް، އީ- ސިގިރެޓް ނުވަތަ ވޭޕް އެތެރެކުތާ އަދަދު ވަނީ 7 ގުނަ އިތުރުވެފައެވެ.

ސިގިރެޓަށް އޮންނަ ޑިމާންޑް ދަށްކުރުމުގެ ގޮތުން ކަސްޓަމްސްއިން އެންމެ ބޮޑު ޓެކްސެއް ނަގާ ތަކެތީގެ ތެރޭގައި ސިގިރެޓި ހިމެނެއެވެ. ކޮންމެ ސިގިރެޓަކަށް 3 ރުފިޔާ ޓެކްސް ދައްކަންޖެހެއެވެ. އަދި ސިގިރެޓި ފޮށިތަކުގެ ބޭރުގައި ޖަހާފައިވާ އިންޒާރުގެ ލޭބަލްގެ ސަބަބުންވެސް ސިގިރެޓީގެ ޑިމާންޑްވަނީ ދަށްވެފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ސިގިރެޓި ވަކިން ވިއްކަން މަނާކުރުމަކީވެސް ސިގިރެޓި ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން އަޅާއިފައިވާ ފިޔަވަޅެކެވެ.

ފާއިތުވެގެންދިޔަ 10 އަހަރުވެސް ސިގިރެޓްގެ ޑިމާންޑް ދަށްވެފައިވާ ކޮންމެ ފަހަރަކީވެސް ސަރުކާރުން ޓެކްސަށް ކޮންމެވެސް ބަދަލެއްގެނައުމައި ގުޅިގެންކަން ކަސްޓަމްސްގެ ތަފާސްހިސާބަތަކުން ދައްކައިދެއެވެ. އެހެންކަމުން 2021 ވަނަ އަހަރު ސިގިރެޓި އެތެރެކޮށްފައިވާ އަދަދު ވަނީ 2016 ވަނަ އަހަރައި އަޅާބަލާއިރު 31 އިންސައްތައަށް މަދުވެފައެވެ.

މިހެންކަމުން ސިގިރެޓި ބޯ މީހުންގެ އަދަދު މަދުވެފައި ވިކަމަށް ވިޔަސް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މިހާރު އަންނަނީ އީ ސިގިރެޓް އަދި ވޭޕްކުރުމައި ދިމާއަށެވެ. އަދި ިހެންކަމުން ރާއްޖެއަށޤ މިދިޔަ 3 އަހަރުވަނީ މިބާވަތުގެ ތަކެތި އެތެރެކުރާ އަދަދު 7 ގުނަ އިތުރުވެފައެވެ.

ވޭޕްކުރަން ގިނަ މީހުން އިހްތިޔާރުކުރާ ގޮތަކީ ސިގިރެޓި ބިއުން ހުއްޓާލުމަށައިއެކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ. ވޭޕްކުރުމުގެ ސަބަބުން ދިގުމުއްދަތަކަށް ބަލާއިރު ލިބޭ ނުރައްކާތަށް އަދި އެހާ ސާފެއް ނޫނެވެ. އީ-ސިނގިރޭޓުން ދުންފަތުގެ ދުންގަނޑުގައި ހިމެނޭ އެންމެ ގެއްލުން ހުރި ދެ މާއްދާ ކަމަށްވާ ޓާ އަދި ކާބަން މޮނޮކްސައިޑް ނުއުފެދެއެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، އީ-ސިނގްރެޓުން އޮތްނުރައްކާ ވަކިން ކުޑައެއް ނޫނެވެ. ހިތަށާއި ލޭދަރުކުރުމަށް، އަދި ފުއްޕާމެޔަށް ގިނަ ގެއްލުންތަކެއް ލިބޭކަމަށް ދިރާސާތަކުން ދައްކާއިރު އެމެރިކާގައި 2020 ވަނަ އަހަރުން ފެށިގެން ފްލޭވަރކުރި ވޭޕް ނިކޮޓިންއާއި އެކު ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، މެންތޯލް އަށް ހުއްދަ ދީފައިވާތީ އޭގެ ސަބަބުން ސްކޫލްތަކުގައި ވެސް ވޭޕްކުރުމަށް މަގުފަހިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.