މެލޭޝިއާގެ ޤައުމީ ފުޓުބޯޅަ ހެޑް ކޯޗު ކިމް

ކުޅިވަރު

މެލޭޝިއާގެ ފުޓުބޯޅަ ޓީމުން ރާއްޖެއާއިއެކު އެކުވެރިކަމުގެ މެޗެއް ކުޅެނީ

އަލީ އަޒްޔަން - އޭޝިއާ | 31 އޮކްޓޯބަރ 2022 , ހޯމަ 10:03   295

އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށިގެންޗާ އިރުމަތީގެ އޭޝިއާގެ މުބާރާތް، އާސިއާން ފުޓުބޯޅަ ފެޑެރޭޝަންސް ކަޕް ގެ ކުރިން ބައެއް ޤައުމުތަކާއި އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ބޭނުންވާކަމަަށާއި އެއީ ވަރަށް މުހިއްމުކަމެއް ކަމަށް، މެލޭޝިއާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

މެލޭޝީއާގެ ފުޓުބޯޅަ ހެޑް ކޯޗު ބުނެފައިވަނީ، ރާއްޖޭ އިތުރުން ދެން ކުޅެން ބޭނުންވަނީ ކެމްބޯޑިއާ އާއިއެކު ކަމަށެވެ. އެހެންކަމުން ދެކެވުނު ވާހަކަތަކަށްފަހު މެދެޤައުމުގެ ދަޢުވަތު މިހާރު ޤަބޫލުކޮށްފައިވާކަމަށެވެ.

ރާއްޖެ އަކީ އާސިއާން ސަރަހައްދުގެ ޤައުމެއް ނޫން. އެކަމަކު އެމީހުން އެބައޮތް ދެފަހަރެއްގެ މަތިން ދެކުނު އޭޝިއާގައި ބޭއްވޭ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބުކޮށްފައި. އެއީ 2008 އަދި 2018 ގައި. އަދި ކުޅުމުގައި މި ސަރަޙައްދުގެ ޤައުމުތަކުން ކުޅޭގޮތާއި އެއްގޮތްކަމެއް ހުރޭ.

~ މެލޭޝިއާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނުގައި

ދިވެހި ރާއްޖެ އާއިއެކު ކުޅޭ މިމެޗު ކުޅޭނެކަމަށް ބުނެފައިވަނި އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ޗެރާސް ސްޓޭޑިއަމްގައެވެ.

މެލޭޝިއާއިން އާސިއާން ކަޕްގެ ގްރޫޕް ބީ ގައި ވާދަކުރާނީ ވިއެޓްނާމް، ސިންގަޕޫރު، މިޔަންމާ، އަދި ލާއޯސް އާއި އެވެ. 2010 ގެ ފަހުން މިމުބާރާތް މެލޭޝިއާއަށް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކުއެވެ. މިމުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ތައިލެންޑެވެ. އެޓީމުން ހަ ފަހަރަށް މުބާރާތް ކޮށްފައިވެއެވެ. އަދި ސިންގަޕޫރާއި ވިއެޓްނާމުން، ދެޓީމުން ވެސް ކޮންމެ ޓިމަކަށް ހަތަރު ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.