ކުރިއަށް އޮތް 2023 ވަނަ އަހަރަށް ދައުލަތަށް ބޭނުންވާ ފައިސާގެގޮތުގައި 43 ބިލިއަން ދިވެހި ރުފިޔާ (ގާތް ގަނޑަކަށް 3 ބިލިއަން ޑޮލަރު) ގެ ބަޖެއްޓެއް ހުށަހަޅުއްވައިފިއެވެ.
ރިކަރެންޓް ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ޖައްސަވާފައިވެއެވެ. މީގެ ތެރޭގައި މުސާރަ އާއި އިނާޔަތް ދިނުމަށް 12.0 ބިލިއަން ރުފިޔާ ޚަރަދުވާއިރު، ރިކަރެންޓް ޚަރަދަށް މުޅި ބަޖެޓުގެ ގާތްގަނޑަކަށް 66 ޕަސެންޓެވެ.
ތަރައްޤީ މަޝްރޫޢުތަކަށް ނުވަތަ ކެޕިޓަލް ޚަރަދު ގޮތުގައި ހިމަނާފައިވަނީ 14.1 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް މުޅި ބަޖެޓުގެ 30 އިންސައްތައެވެ.
ހިމަނާފައިވާ ބައެއް އެހެން ކަންކަން:
- ތެލުގެ ސަބްސިޑީ 1.8ބ އިން 588 މިލިއަނަށް ކުޑަކުރުން
- އާރުޓީއެލް އިން ދެކުނުގައި ބޮޑު ޓްރާންޕޯޓު ނެޓްވޯކެއް ޤާއިމުކުރުން
- ޓްރާސްޕޯޓް ސަބްސިޑީއަށް 300 މިލިއަން
- 141 ރަށެއްގެ ބަނދަރު އިތުރަށް ތަރައްޤީކުރުން
- 50 ރަށެއްގެ މަގު ހެދުން
- ވެލާނާ އެއާޕޯޓާއި އައްޑޫ އެއަޕޯޓު ތަރައްޤީކުރުން
- ވައިގެ ބަނދަރުތައް ތަރައްޤީކުރުމަށް 235 މިލިއަން ރުފިޔާ
- 158 ރަށެއްގައި ފެނާއި ނަރުދަމާ ހެދުމަށް 643 މިލިއަން
- ތަޢުލީމީ ދާއިރާގެ މުވައްޒަފުންނަށް އެކަނި 2.8 ބިލިއަން ރުފިޔާ
- ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައަށް 500 މިލިއަން

ޢާމްދަނީގެ ޚުލާޞާ
- ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް އަންދާޒާކޮށްފައިވޭ. މިއީ ކުރީ އަހަރަށްވުރެ 21.8 އިންސައްތަ އިތުރު އަދަދެއް. އަދި ކުރީ އަހަރުވެސް ލަފާކުރިމިންވަރާއި ގާތަށް ވެސް ހިލޭ އެހީ ލިބިފައި ނުވޭ.
- ޓެކްސް ޢާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް
- ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެކަމަށް
ލޯނުތަކުގެ ޚުލާޞާ:
- މިއަހަރުގެ ބަޖެޓަކުން ނުވި، އަދި އިތުރަށް 5.8 ބިލިއަން ރުފިޔާ ބޭނުންވޭ
- ޖުމްލަ 11.5 ބިލިއަން ރުފިޔާގެ ލޯނު ނަގަން ޖެހޭ ބަޖެޓް ފޫބައްދަން
- މީގެ ތެރެއިން 4.1 ބިލިއަން ހޯދަން ރާވާފައިވާނީ ބޭރުގެ އެކިއެކ ފަރާތްތަކުން
- ރާއްޖޭގެ އެތެރެއިން 5 ބިލިއަންގެ ލޯނު ނަގާނެ
- 7.4 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު ލޯނުގެ ގޮތުގައި ވިއްކާނެ