ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ، ބްރެޒިލްގެ ރައީސް، އޭނާ ވަނި މީގެ ކުރިންވެސް ބްރެޒިލްގެ ރައީސްކަން ކުރައްވާފައި

ދުނިޔެ

ބައިވުން ބޮޑުވެފައިވާ ބްރެޒިލް އެއްބައިވަންތަ ކުރައްވާނެކަމަށް ލޫލާ ވިދާޅުވެއްޖެ

ރާނިއާ - އެހެނިހެން | 5 ނޮވެންބަރު 2022 , ހޮނިހިރު 09:26   183

ބްރެޒިލްގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ލޫލާ ދަ ސިލްވާ ވަނީ ރައީސްކަމުގެ އާ ދައުރެއް ހޯދާފައެވެ. މީގެ 3 އަހަރު ދުވަސް ކުރިން ކޮރަޕްޝަންގެ މައްސަލައިގަ ޖަލު ހުކުމެއް އަދާކޮށްފައިވާ މީހަކަށް މިއީ ވަރުގަދަ 'ކަމްބެކް' އެކެވެ.

އުމުރުން 76 އަހަރުގެ ލޫލާގެ މިކާމިޔާބީއަކީ ވާތުފިޔަ މީހުންގެ ބާރު އެނބުރި އައުން ތަމްސީލުކޮށްދޭ ކަމެކެވެ. އަދި ލޫލާ 580 ދުވަހު ކޮރަޕްޝަންގެ މައްސަލައިގައި ޖަލު ހުކުމެއް އަދާ ކުރުމަށް ފަހު އޭނާ މިއިންތިހާބު ކާމިޔާބުކުރުމަކީ އޭނާގެ ވެސް ސިޔާސީ 'އެނބުރި އައުމެއް' ކަމަށެވެ. އެ ހުކުމްތައް ފަހުން ސުޕްރީމް ކޯޓުން ބާތިލްކޮށް، އޭނާ އަލުން އިންތިހާބުގައި ވާދަކުރުމުގެ މަގު ފަހުކޮށްދީފައިވެއެވެ.

ޖެނުއަރީ 1، 2023 އިން ފެށިގެން އަޅުގަނޑު ވެރިކަން ކުރާނީ ހަމައެކަނި އަޅުގަނޑަށް ވޯޓު ދިން މީހުންނަކަށް ނޫން، ބްރެޒިލްގެ 215 މިލިއަން މީހުންނަށް. ބްރެޒިލް ދެބައިވިޔަ އަޅުގަނޑު ނުދޭނަން. ބްރެޒިލް އަކީ އެއްގައުމެއް. އެއްބަޔެއް.

~ ލޫލާ ދަ ސިލްވާ، އާދީއްތަ ދުވަހު ބޭއްވިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން

ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އަދިވެސް އުނދަގޫތަކަކއި ކުރިމަތިވަމުންދާ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޮތް ގައުމެއްގެ ވެރިކަން ލޫލާއަށްވަނީ ލިބިފައެވެ. 2019 އާއި 2021 އާ ދެމެދު ގާތްގަނޑަކަށް 9.6 މިލިއަން މީހުން ފަގީރުކަމުގެ ރޭޓުގެ ދަށަށް ގޮސްފައިވާއިރު، ލިޔަންކިޔަން ދަސްކުރުމާއި ސްކޫލަށް ދާ މީހުންގެ ނިސްބަތް ވެސް ވަނީ ދަށްވެފައެވެ. އަދި ބްރެޒިލްގެ އެމެޒޯން ރެއިންފޮރެސްޓްގެ ގަސްކެނޑުމުގެ ހައްލުކުރުމަށްވެސް ލޫލާވަނީ ކެމްޕެއިނުގައި ވައުދުކޮށްފައެވެ.

މިއީ ލޫލާގެ ވެރިކަމުގެ 3 ވަނަ ދައުރެވެ. ލޫލާ ވަނީ މީގެ ކުރިން 2003 އާއި 2010 އާ ދެމެދު ޖެހިޖެހިގެން ދެ ދައުރު ބްރެޒިލްގެ ވެރިކަންކޮށްފައެވެ.

ޓެގްސް: ބްރެޒިލް ޤައުމުތަކުގެ އިސް ވެރިން ލެޓިން އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.