ރީސް ނެލްސަން ބެންޗުން ފޭބުމަށްފަހު އުފަލުގައި

ކުޅިވަރު

އާސަނަލް އަނެއްކާވެސް ޕްރިމިއާ ލީގްގެ ތާވަލުގެ އެންމެ ކުރިއަށް

ރާނިއާ - ޔޫރަޕް | 2 ނޮވެންބަރު 2022 , ބުދަ 07:31   234

އާސަނަލް ވަނީ ނޮޓިންގްހަމް ފޮރެސްޓް އާދީއްތަ ދުވަހު ކުޅުން މެޗުން 0-5 އިނަ ބަލިކޮށް ޕްރިމިއާ ލީގް ތާވަލުގެ އެންމެ މައްޗަށް އަނެއްކާވެސް ޖެހިލާފައެވެ. އަދި މިކަމުގެ ޙަޤީގީ ބަތަލަކަށް ހުރީ ރީސް ނެލްސަންއެވެ.

ނެލްސަން މި ޕްރިމިއާ ލީގްގެ އެންމެ ފުރަތަމަ މެޗަށް ތައާރަފްކޮށްފައިވަނީ ބުކާޔޯ ސަކާއަށް ލިބިފައިވާ އަނީޔާއަކާ ގުޅިގެން ދަޑުން ސަކާ ފޭބުމަށްފަހުއެވެ. މިއީ ވޯލްޑް ކަޕް ފެށުމަށް އެންމެ ހަފްތާއެއްހާ ދުވަސް އޮތްވާ އިންގްލެންޑްގެ ކޯޗު ގެރެތް ސައުތުގޭޓަށް ލިބޭ ކަންބޮޑުވުމެކެވެ.

ޖުލައި 2020ގެ ފަހުން ނެލްސަންގެ ފުރަތަމަ ޕްރިމިއާ ލީގް ގޯލް އޭނާ ވަނީ ސެކެންޑް ހާފް ފެށުމުގެ މާ ގިނަ އިރެއް ނުވީސް ޖަހާފައެވެ. އަދި އޭގެ 3 މިނިންޓު ފަހުން ނެލްސަން ވަނީ އަނެއްކާވެސް ލަނޑެއް ޖަހާފައެވެ.

މި ލީގުގައި އަބަދުވެސް މޮޅުވުމަކީ އުނދަގޫ ކަމެއް. މިއަދުގެ މެޗަކީ ޓްރިކީ ގޭމެއް. ކުޅުންތެރިން ޔޫރަޕްގެ ދަތުރަކަށް ފަހު ބަލިވެފައި ތިބި ނަމސް ޓީމުން ވަނީ މިއަދު މޮޅު ކުޅުމެއް ދައްކާފައި.

~ ސްޕެއިންގެ ޕްރޮފެޝަނަލް ފުޓްބޯޅަ މެނޭޖަރެއް އަދި ކުރީގެ ކުޅުންތެރިޔާ، މީކެލް އާޓެޓާ

މިމެޗުގެ މޮޅަށް ފަހު މީކެލް އާޓެޓާގެ ޓީމު މެންޗެސްޓާ ސިޓީއަށް ވުރެ އެއް ޕޮއިންޓް އިތުރުވެ ޕްރިމިއާ ލީގްގެ ތާވަލުގެ އެންމެ މައްޗަށް އަނެއްްކާވެސް ދިޔައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.