ޕޯލް ޕޮގްބާ، ޔޫވެންޓަސްގެ ސެންޓްރަލް މިޑްފީލްޑާ

ކުޅިވަރު

ޕޯލް ޕޮގްބާގެ ކަކުލުގެ އޮޕަރޭޝަނަށް ފަހު ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ

ރާނިއާ - ޔޫރަޕް | 2 ނޮވެންބަރު 2022 , ބުދަ 07:33   229

ފްރާންސްގެ މިޑްފީލްޑާ ޕޯލް ޕޮގްބާ ކަކުލުގެ އޮޕަރޭޝަނަށްފަހު އަދިވެސް ރަނގަޅު ނުވާތީ، ގަތަރުގައި ބޭއްވެމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ބައިވެރިނުވާނެކަމަށް ޕޮގްބާގެ އޭޖެނަޓްވަނީ ހޯމަ ދުވަހު ބުނެފައެވެ.

ޕޮގްބާ އޮޕަރޭޝަން ކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް މެޑިކަލް ރިވިއުއެއް ކުރުމަށްފަހު ޕޮގްބާ އަދި ޔުވެންޓަސް އަދި ބައިވެރިވާވުރެއް، އަދި ހަމަ އެހެންމެ ނޮވެމްބަރު މަހުގެ ވޯލްޑް ކަޕުގައި ފރާންސްއައި ބައިވެރިވާވުރެއް ބަލި ކަމަށް އޭނާގެ އޭޖެންޓް ބުންޏެވެ.

ޕޮގްބާ ޖުލައި މަހު ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑުން އަލުން ޔުވެންޓަސްއާ ގުޅުނު ފަހުން މި ސީޒަނުގައި އެކްލަބަށް އެންމެ މިނެޓެއްވެސް ކުޅެފައެއް ނުވެއެވެ. ޕޮގްބާ ކަކުލަށް މިއަނިޔާ ލިބިފައިވަނީ ޖުލައި މަހު ޔުވެންޓަސްގެ ޕްރީސީޒަންގެ ތެރެއިންއެވެ. އަދި ފުރަތަމަ އޮޕަރޭޝަން ނުކުރުމަށް ނިންމިކަމުގައި ވިޔަސް ފަހުން އޮޕަރޭޝަން ކުރިއެވެ.

މިއަހަރު ޗެލްސީގެ މިޑްފީލްޑާ އެން ގޮލޯ ކާންޓޭވެސް ވޯލްް ކަޕްގައި ފްރާންސްއައި އެކު ބައިވެރި ނުވާތީ މި ޚަބަރަކީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށް ލިބުނު ވަރަށް ބޮޑު ދެރައެކެވެ.

ވޯލްޑް ކަޕް ފައިނަލުގައި ގްރޫޕް ޑީގައި ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާއާ ދެކޮޅަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.