އިލޯން މަސްކް، ޓްވިޓާގެ އާ ސީއީއޯ

ވިޔަފާރި

އިލޯން މަސްކް ޓްވިޓާ ބޯޑް އުވާލައި، އާ ސީއީއޯއަކަށް

ރާނިއާ - ދުނިޔެ | 2 ނޮވެންބަރު 2022 , ބުދަ 07:27   201

44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށްފަހު އިލޯން މަސްކް ، ޓްވިޓާގެ ބޯޑް އުވާލައި، ސޯޝަލް މީޑިއާ ޖަޔަންޓްގެ ޒިންމާ އަމިއްލައަށް ނަގައިފިއެވެ. އޭނާ އަކީ މިހާރު ސޯޝަލްމީޑިއާ ޕްލެޓްފޯމް، ޓްވިޓާރ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އަށް ހުށަހެޅި މައްސަލައިގައި މަސްކް ވަނީ ޓްވިޓާގެ ޗީފް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން އޭނާ ވަނީ އޭނާގެ ޓްވިޓާ ބައޯ "ޗީފް ޓްވިޓް" އަށް ވެސް ބަދަލުކޮށްފަ އެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅު މަސްކް ވަނީ ޓްވިޓާގެ ކުރީގެ ސީއީއޯ ޕަރާގް އަގްރަވާލް އާއި ކުންފުނީގެ އިސް އެހެން އޮފިޝަލުން ވަޒީފާއިން ވަކިކޮށްފައެވެ. މަސްކްގެ ނިންމުމާ ގުޅިގެން ކުންފުނީގެ ސެކިއުރިޓީން ވަނީ އެމީހުން ޓްވިޓަގެ މައި އޮފީހުން ވަގުތުން ނެރެފައެވެ. ތަފްސީލެއް ނުދީ މަސްކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޯޑު އުވާލެވިފައިވަނީ ހަމައެކަނި ވަގުތީ ގޮތުން ކަމަށެވެ.

ސްޕޭސްއެކްސް އާއި ޓެސްލާގެ ވެރިޔާ މަސްކް، ޓްވިޓާ ގަތުމަށް މަސްތަކެއް ވަންދެން މަޝްވަރާތަކެއް ކުރަން ޖެހުނު އިރު، އެންމެ ފަހުން ބުރާސްފަތި ދުވަހު އޭނާ ވަނީ އެ ޑީލް ނިންމާފައެވެ.

މަސްކް ވަނީ ޓްވިޓާގެ 'އައިޑެންޓިޓީ ވެރިފިކޭޝަން ފީޗާ' އަށް ވެސް ފާއިސާ ނަގާނެކަމަށް އިޝާރާތް ކޮށްފައެވެ. ޓްވިޓާ ބްލޫގެ ނަމުން މަޝްހޫރު ޕޭޑް ސަބްސްކްރިޕްޝަން ސާވިސް ބޭނުން ކުރުމަށް ސަބްސްކްރިޕްޝަން ފީ 5 ޑޮލަރުން 20 ޑޮލަރަށް އިތުރު ކުރެވިދާނެކަމަށް ދަ ވާޖް އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.