ސައުދީ އަރަބިއްޔާގެ ވެރިރަށް، ރިޔާދް

ހަބަރު

ސައުދީއަރަބިއާ، މިއަހަރު ފުރަތަމަ 9 މަހު 40 ބިލިއަން ޑޮލަރުގެ ބަޖެޓް ސާޕްލަސްއެއް

ރާނިއާ - އައްޑޫ އަތޮޅު | 5 ނޮވެންބަރު 2022 , ހޮނިހިރު 22:55   168

އެޤައުމުގެ ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ބަޖެޓް ސާޕްލަސްގެ ގޮތުގައި 149.6 ބިލިއަން ސައުދީ ރިޔާލް ވަނީ (40 ބިލިއަން ޑޮލަރު) ލިބިފައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ހަރަދުގެ ގޮތުގައި 800.7 ބިލިއަން ރިޔާލް އަދި އާމްދަނީގެ ގޮތުގައި 950.2 ބިލިއަން ރިޔާލްވަނީ ލިބިފައެވެ. އަދި ތން ވަނަ ކުއާޓަރުގައި ތެލުގެ އާމްދަނީ 8.5 އިންސައްތަ ދަށްވެ 229.02 ބިލިއަން ރިޔާލަށް ވެއްޓުނު ކަމުގައިވިޔަސް އަހަރީ ގޮތުން ބަލާއިރު އެ އާމްދަނީ ވަނީ 55 އިންސައްތަ އިތުރުވެފައެވެ.

މިނިސްޓްރީއިން ކުރިން ބުނެފައި ވަނީ ސާޕްލަސް 90 ބިލިއަން ރިޔާލަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. ނަމަވެސް އެންމެ ފަހުގެ ބަޖެޓުން ލިބުނު އަދަދުތައް ވަނީ އެ ލަފާތަކަށް ވުރެވެސް މަތިވެފައެވެ. ފުރިހަމަ އަހަރުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު، 2022 ވަނަ އަހަރު ރިއަލް ޖީޑީޕީ 8 އިންސައްތަ އިން ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު، އިންފްލޭޝަން 2.6 އިންސައްތަ އަށް އަރާފާނެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި 2023 ވަނަ މާލީ އަހަރު ދައުލަތުގެ އާންމު ބަޖެޓުގެ އަމާޒުތަކަކީ ކުރިއަށް އޮތްތާވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކަމަށެވެ.

ޓެގްސް: ސައުދީ ޢަރަބިއާ ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.