ނޭވާ 2 ގާލާ ނައިޓް ، ފޮޓޯ : ރައީސް އޮޮފިސް

ދުނިޔެ

ރާއްޖެއަށް ލިބުނު "ގިނިސް" ފްރީ ޑައިވިން - ވޯލްޑް ރެކޯޑް ހަވާލުކޮށްފި

ރާނިއާ - ދުނިޔެ | 2 ނޮވެންބަރު 2022 , ބުދަ 17:19   264

ރާއްޖެއިން ވަނީ 'ނޭވާ 2' ގެ ނަމުގައި އިވެންޓެއްބައި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ފްރީޑައިވް ކުރުމާއި، އެއްވަގުތެއްގައި އެންމެ ގިނަ މީހުން ފެންގަނޑެއްގެ އަޑީގައި ތިބެ ނޭވާ ހިފެހެއްޓުމުގެ ވޯލްޑް ރިކޯޑް މުގުރާލާފައެވެ. އަދި މި ގިނަސް ވޯލްޑް ރިކޯޑް މިހާރު ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

'ނޭވާ 2' އައި ގުޅިގެން ބޭއްވިގެންދިޔަ ގާލާ ނައިޓްގައި މި އެވޯޑް ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑް ރާއްޖެއާ ހަވާލުކޮށްދިނީ ގިނިސް ރިޕްރެޒެންޓޭޓިވް ސުވަންކިލް ދަންރިކާއެވެ. އަދި ރާއްޖޭގެ ފަރާތުން މި އިނާމައި ހަވާލުވެފައިވެނީ ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒްއެވެ.

ރާއްޖެއަށް ލިބިފައިވާ 'ފްރީޑައިވިން ވޯލްޑް ރިކޯޑް' ރަސްމީކޮށް ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ވަނީ 2019 އަހަރުގައި ހިމަނާފައެވެ. މިރިކޯޑު ރާއްޖެއިން ގާއިމު ކޮށްްފައިވަނީ 521 ޑައިވަރުންނައި އެކުގައެވެ. މިއަހަރުވެސް ވަނީ ގިނިސް ވޯރލްޑް ރިކޯޑް ފޮތުގައި ހިމެނުމަށް ކުރާ މަސައްކަތުގެ ދަށުން ހަމަ އެފަދަ ޑައުވެއް ކުރިއަށް ގެންގޮސްފައެވެ. މި ޑައިވުގައި ބައިވެރިވީ 452 ޑައިވަރުންނެވެ.

ގާލާ ޑިނަރ ނައިޓްގައި ވަނީ ނޭވާ 2 ގައި ބައިވެރިވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ޢާއިލާއަށް ހަނދާނީ ފިލާއާއި އެވޯޑެއް ހަވާލު ކުރައްވާފައެވެ.އަދި ހަމަ އެހެންމެ މި އިވެންޓުގައި އެކިގޮތްގޮތުގައި ބައިވެރިވެފައިވާ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

ނޭވާ 2 އަކީ ރެކޯޑެއްގެ އިތުރަށް ތިމާވެށި ހިމާޔަތް ކުރުމަށް ދެވޭ މުހިއްމު މެސެޖެއް. ހާއްސަކޮށް ރާއްޖެ ފަދަ ޤައުމުތަކަށް ތިމާވެށި ރައްކާތެރި ކުރުމަކީ މުހިއްމުކަމަކަށްވާއިރު މިފަދަ ހަރަކާތްތަކުން އެކަމަށްވެސް އެހީތެރިކަމެއް ލިބިގެންދާ.

~ ޓުއަރިޒމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް

ޓެގްސް: ރާއްޖޭގައި ބޭއްވޭ އިވެންޓުތައް ދުނިޔޭގެ ރެކޯޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.