އިންތިހާބެއްގައި އޮފިޝަލުންތަކެއް ޙަރަކާތްތެރިވަނީ

ހަބަރު

2023 ގެ ރިޔާސީ އިންތިހާބަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

ރާނިއާ - ދިވެހި ރާއްޖެ | 2 ނޮވެންބަރު 2022 , ބުދަ 14:09   180

އަންނަ އަހަރު ސެޕްޓެމްބަރު މަހު ބާއްވަން ތާވަލުކުރެވިފައިވާ ރިޔާސީ އިންތިހާބުގެ ބަޖެޓު ދައުލަތުން ވަނީ 90 މިލިއަން ރުފިޔާއަށް ކަނޑައަޅާފައެވެ.

ރިޔާސީ އިންތިހާބަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ބޭއްވުމަށް އޮންނަ އިންތިހާބެކެވެ. އަދި އަންނަ އަހަރަށް ލަފާކުރެވޭ ދައުލަތުގެ ބަޖެޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި އިންތިހާބަށް ކަނޑައަޅުއްވައިފައިވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިިދިޔަ އޮގަސްޓް މަހު މިއިންތިހާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް ލަފާކޮށް ވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައެވެ. އިލެކްޝަންސް ކޮމިޝަނުން މި ބަޖެޓް ކަނޑައަޅުއްވައިފައިވަނީ އިންތިހާބު ދެބުރަށް ގޮސް ދާނެ ހާލަތަށްވެސް ބެލުމަށް ފަހުއެވެ. މިއީ އިންތިހާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ އަދި ދެވަނަ ބުރަށް 25 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިންތިހާބުގައި އާންމުކޮށް އެންމެ ބޮޑު ހަރަދެއް ދާ ކަންތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ތިބޭ މީހުން ވޯޓުލާން ކުރާ ދަތުފަތުރު ހިމެނޭނެއެވެ. އިންތިހާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ދޭންޖެހޭ ހަރަދުގެ އިތުރަށް، މި މީހުންގެ ޓްރެއިނިންގ އަކީވެސް ވަރަށް ބޮޑު ހަަރަދެކެވެ. އަދި ހަމަ އެހެންމެ ވޯޓު ކަރުދާސްތައް ޗާޕުކުރުން ފަދަ އިދާރީ ކަންކަމަށްވެސް ފުދޭވަރަކަށް ބޮޑު ހަރަދެއް ދާނެއެވެ.

ރާއްގޭގެ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބޭއްވުމުގެ އިތުރަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އެހެން ރަަށްރަށުގައިވެސް ވޯޓު ފޮށި ބޭއްވިގެންދާނެއެވެ.

ޓެގްސް: އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.