އިލޮން މަސްކް، ވަނީ މިހަބަރު ޓްވީޓެއްގެ ޒަރިއްޔާއިން ޙިއްސާކޮށްފައި

ހަބަރު

ކޮންމެ މީހަކަށްވެސް ފައިސާ ދެއްކުމުން މިހާރު ޓްވިޓަރ ވެރިފިކޭޝަން ލިބޭނެ - މަސްކް

ރާނިއާ - އައްޑޫ އަތޮޅު | 2 ނޮވެންބަރު 2022 , ބުދަ 14:12   182

އިލޮން މަސްކް ވަނީ ކޮންމެ މީހަކަށް ވެސް "ބްލޫ ޗެކްމާކް" އާއި އެހެނިހެން ބައެއް ފައިދާތައް މަހަކު 8 ޑޮލަރަށް ލިބޭނެ ކަމަށް އަންގާރަ ދުވަހު ކަށަވަރުކޮށްދީފައެވެ.

ޓްވިޓާ ބްލޫ ސަބްސްކްރިޕްޝަން މެދުވެރިކޮށް އެކައުންޓް ވެރިފިކޭޝަން އަށް ފައިސާ ނަގަން މަސްކް ރާވާފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ހޯމަ ދުވަހު ނެރުފައިވާ ރިޕޯޓަކުންނެވެ. ނަމަވެސް މިރިޕޯޓުގައިވަނީ މިފީގެ އަދަދަކީ 20 ޑޮލަރުކަމަށެވެ. އޭނާގެ އަމިއްލަ އެކައުންޓުގައި ކުރި އާ ޓްވީޓެއްގައި ޓްވިޓާގެ އާ ސީއީއޯ ވަނީ ވެރިފިކޭޝަން އާއި ޓްވިޓާ ބްލޫގެ އެހެން ފަސޭހަތަކާއިއެކު، މަހަކު 8 ޑޮލަރު ހަރަދުކުތަންޖެހޭނެކަން ވަނީ ޔަގީންކޮށްދީފައެވެ.

ޓްވިޓާގެ ވެރިފިކޭޝަން ޕްރޮގްރާމް މިހާރު އޮންނަނީ އާންމުންނަށް ހަނިކޮށް، ހަމަ އެކަނި ސެލިބްރިޓީއިންނައި، ކްރިއޭޓަރުންނަށްއި، ނޫސްވެރިންގެ އިތުރުން ސިޔާސީ ފަރާތްތަކަށް އެކަނި ލިބޭ ގޮތަށެވެ. ނަމަވެސް، މަސްކް އަބަދވެސް މި ވިސްނުމައި ދެކޮޅެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހުރިހާ ޔޫޒަރުންނަށް ވެސް އެކައުންޓްތައް ޝަރުއީ ގޮތުން ވެރިފައި ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެއެވެ.

ބްލޫ ޗެކްމާކްގެ އިތުރުން ޓްވިޓާ ބްލޫ ސަބްސްކްރައިބަރުންނަށް ރިޕްލައި ތަކުގައައި ސާޗްތަކުގައި އިސްކަންދެވުމުގެ އިތުރަށް، ދިގު ވީޑިއޯތަކާއި އޯޑިއޯތައް ޕޯސްޓް ކުރުމުގެ ގާބިލްކަންވެސް ލިބިގެންދާނެއެވެ. އަދި ބްލޫ ސަބްސްކްރައިބަރުންނަށް އިޝްތިހާރު ފެންނަ މިންވަރުވެސް މަދުވެގެން ދާނެ ކަމަށް މަސްކް ވަނީ ބުނެފައެވެ.

ޓެގްސް: ސޯޝަލްމީޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.