މެޗު މޮޅުވުމުގެ އުފަލުގައި ބާސިލޯނާ ޓީމު

ކުޅިވަރު

ޗެމްޕިއަންސް ލީގް: ބާސިލޯނާ ޗެކް ޓީމާއި ދެކޮޅަށްކުޅެ، 2-4 އިން މޮޅުވެއްޖެ

ރާނިއާ - ޔޫރަޕް | 2 ނޮވެންބަރު 2022 , ބުދަ 14:19   311

ފެރަން ޓޮރެޒް ވަނީ ބާސެލޯނާ , ވިކްޓޯރިއާ ޕްލެޒެންއައި ދެކޮޅަށް 2-4 އިން މޮޅުވި މެޗުގެ 2 ހާފުގައި ވެސް ލަނޑު ޖަހާފައެވެ.

ބަޔާން މިއުނިކް އަދި އިންޓަމިލާންގެ ފަހަތުން ގްރޫޕް ސީގެ ތިން ވަނައިގައި ބާސެލޯނާ އޮތްއިރު، ޔޫރޮޕާ ލީގުގެ ތާވަލުންވެސް ބާސެލޯނާ ވަނީ ވެއްޓިފައެވެ.

ވިކްޓޯރިއާ ޕްލެޒެންވަނީ އެމީހުންގެ ޔޫރަޕް ކެމްޕޭން ޕޮއިންޓްއަކައި ނުލައި ނިންމާފައެވެ.

ބާސެލޯނާ ވަނީ ގިނަ އަދަދެއްގެ ރެގިއުލާ ކުޅުންތެރިން ހިމެނޭ ގޮތަށް ފޯމޭޝަން އެކުލަވާފައެވެ. ޕޮލިޝް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ މެޗު ފެށުނުތާ 6 މިނިންޓު ތެރޭ ލަނޑު ޖަހާފައެވެ. އަދި ބްރޭކްގެ ހިނދުކޮޅެއް ކުރިން ޖޯޑީ އެލްބާ ޓޯރެސް އަށް ބޯޅަ ޕާސް ކުރުމުން، ޓޯރެސް މަޑުމައިތިރިކަމާއެކު ބޯޅަ ގޯލުގެތެރެއަށް ވެއްދިއެވެ.

ޗެކް ޓީމުން ވަނީ 51 ވަނަ މިނިންޓުގައި ޕެނަލްޓީ ޖަހާފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޓޮރެސް ވަނީ އޭނާގެ ދެވަނަ ގޯލު ޖަހާފައެވެ. ޕްލެޒެންގެ ފޯވާޑް ހޯރީ ވަނީ 63 ވަނަ މިނިންޓުގައި ބޮލުން ޖަހައި ބޯޅަ ގޯލަށް ވައްދާފައެވެ. ގޭމުގެ ފަހު މިނިންޓުތައް ކައިރި ކައިރިން ގޮސް އޮތްވާ ޕަބްލޯ ޓޯރޭ ވަނީ މެޗުގެ އެންމެ ފަހު ގޯލު ޖައި ބާސިލޯނާގެ މޮޅު ޔަގީންކޮށްދީފައެވެ.

ޓެގްސް: ފުޓުބޯޅަ ޔޫއެފާ ޗެމްޕިއަންސް ލީގް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.