ތިން ވަނަ ދައުރު ކަށަވަރު ކުރެއްވުމަށް ފަހު ޝީ ވަނީ ޗައިނާގެ ބޮޑު ލީޑަރު މައޯ ޒެޑޮންގްއަށްވުރެ ކުރީގައި

ދުނިޔެ

މައޯގެ ވެރިކަމަށްވުރެ ނުބައި ވެރިކަމެއް ދުނިޔެއަށް ފެނިގެން ދިއުމުގެ ބިރު އެބައޮތް - ވީއޭއޭ

ރާނިއާ - އޭޝިއާ | 12 ނޮވެންބަރު 2022 , ހޮނިހިރު 21:51   151

ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންޕިންގް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލުން އިންތިހާބުވެ ވަނީ ކާމިޔާބު ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދައުލަތުގެ ވެރިޔާ އިގްތިސާދާއި، ޚާރިޖީ ގުޅުންތަކާއި، އިންސާނީ ހައްގުތަކާއި، އާންމުންގެ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުން މިހާރަށްވުރެ ސިޔާސަތުތައް ހަރުކަށި ކުރާނެކަމަށްވެސް ބެލެވެއެވެ.

ތިން ވަނަ ދައުރު ކަށަވަރު ކުރެއްވުމަށް ފަހު ޝީ ވަނީ ޗައިނާގެ ބޮޑު ލީޑަރު މައޯ ޒެޑޮންގް ފަހަނައަޅައި ގޮސްފައެވެ. ނަމަވެސް ޝީގެ ބާރުގަދަވެގެންދާ ވަރަކަށް މައޯގެ ވެރިކަމުގެ ދައުރަށްވުރެ ނުލަފާ ވެރިކަމެއް ޝީގެ ފަރާތުން ފައުޅުވެގެން ދިއުން އެކަށީގެންވާ ކަމަށްް ވޮއިސަސް އެގޭންސްޓް އޮޓޮކްރޮސީ އިން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޒާރުގެ ނިޝާންތައް ފެންނަމުން އަންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، ގިނަ ގައުމުތަކުން ދަރަނީގެ މަޅީގައި ޖެހިފައިވުމަކީ މިކަމުގެ ނިޝާނެކެވެ. ޝީގެ ރޭވުމަކީ މުޅި ދުނިޔެ ޗައިނާގެ ދަށުގައި ހިފަހައްޓައިގަތުމެވެ.

20 ވަނަ ގައުމީ ކޮންގްރެސް އާއި 9 ވަނަ ގައުމީ ކޮންގްރެސް އާއި ދެމެދު ވަރަށް އެއްގޮތް ކަންތައްތައް ހިމެނެއެވެ. ވަރަށް ގިނަ އިލްމުވެރިން ދެކޭ ގޮތުގައި ޝީގެ ބޭނުމަކީ މައޯގެ ވެރިކަމައި އެއްފަދަ ޒަމާނަކަށް އަނެއްކާ ގެނައުމަށެވެ.

އަދި ހަމަ އެހެންމެ އިގްތިސާދީ ކުރިއެރުން މަޑުޖެހި، ހުޅަނގާއި އެކު ޖިއޮޕޮލިޓިކަލް ޓެންޝަން އިތުރުވަމުންދާ ދަނޑިވަޅެއްގައި އޭނާގެ ސިޔާސީ ގުޅުން ދެމެހެއްޓުމަ ޝީގެ ވެރިކަމުގައި ސަލާމަތީ ބާރުތަކައް ބޮޑު އިސްކަމެއް ވަނީ ދީފައެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.