ޗައިނާގެ ޖަންގްޖޯގައި ހުންނަ ފޮކްސްކޮން ކޮމްޕްލެކްސްގައި 350،000 މުވައްޒަފުން މަސައްކަތްކުރE

ހަބަރު

ދުނިޔޭގެ އެންމެ ބޮޑު އައިފޯން ފެކްޓެރީ ކޮވިޑް ބްރޭކްއައުޓްއައި ގުޅިެން ބަންދުކޮށްފި

ރާނިއާ - އައްޑޫ އަތޮޅު | 2 ނޮވެންބަރު 2022 , ބުދަ 14:22   181

ޗައިނާގެ ޖަންގްޖޯގައި ހުންނަ ފޮކްސްކޮންގެ މައި ޕްލާންޓް ވަށައިގެންވާ ސަރަހައްދު ވަނީ ހަތް ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ. މިއީ ދުނިޔޭގެ ބޮޑު އައިފޯން އުފައްދާ ކުންފުނިތަކުގެ ޝިޕްމަންޓްތައް އެތެރެވުމާއި ބޭރުވުން ވަރަށް ބޮޑަށް ހަނިވާނެ ކަމެއް ކަމަށް ބެލެވެއެވެ.

ލޯކަލް ގަވަރމަންޓްގެ ވީޗެޓް އެކައުންޓުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން ކުރިއަށް ދާނެއެވެ.

ޖަންގްޖޯގައި ހުންނަ ފޮކްސްކޮން ކޮމްޕްލެކްސް އަކީ އެޕަލްގެ އެންމެ ފަހުގެ އައިފޯން 14 ޑިވައިސްތައް ހިމެނޭ ގޮތަށް އެޕަލް އަށް މުދާ އެސެމްބްލް ކޮށްދޭ ޗައިނާގެ އެންމެ ބޮޑު އެއް ފެކްޓްރީއެވެ.

މި ކުއްލި ފިޔަވަޅަކީ ބެއިޖިންގެ ކޯވިޑް ޒީރޯ އައުޓްބްރޭކް-ސަޕްރެޝަން ސްޓްރެޓެޖީއާ އެއްގޮތް ފިޔަވަޅެކެވެ. އަދި މިއީ ފޮކްސްކޮންގެ ޕްރައިމަރީ އޮޕަރޭޝަންސް ބޭސްއަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމެއް ކަމަށްވެސް ބެލެވެއެވެ. ކޮވިޑް ކޭސްތައް ކުއްލިއަކަށް ގިނަ ވުމައިއެކު މިކުންފުނީގެ 200،000 މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒިފުން ވަނީ ކަރަންޓީންކޮށްފައެވެ. އަދި އަނެއް ބަޔަކު ވަނީ އިމާރާތުން ހިނގާފަ ގޮސްފައެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ކޮވިޑް ޖެހިގެން ބަލިވެ އުޅޭ ބައެއް ސްޓާފުން ނިޔާވެފައިވާ ކަމަށް ބުނާ އަޑުތައްވަނީ ކޮންޓްރޯލްކުރަން މަސައްކަތްކޮށްފައެވެ.

ކޮވިޑް-19 ފެތުރުމުގެ ސަބަބުން ޗައިނާގެ އެތައް ސިޓީއެއް ވަނީ ލޮކްޑައުންކޮށްފައެވެ.

ޓެގްސް: ކޮވިޑް19
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.