މޯގަން ސްޓެންލީ އަކީ އެމެރިކާގެ މަލްޓިނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި މާލީ ޚިދުމަތްދޭ ކުންފުންޏެއް

ވިޔަފާރި

7 އަހަރުތެރޭ އިންޑިއާ ދުނިޔޭގެ އެންމެބޮޑު އިޤްތިޞޯދަށް ވާނެކަމަށް މޯގަންސްޓޭންލީ އިން ބުނެފި

ރާނިއާ - އިންޑިއާ | 3 ނޮވެންބަރު 2022 , ބުރާސްފަތި 10:20   393

އުފެއްދުންތެރިކަމުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތަކާއި، ހަކަތަ ބަދަލުވުމާއި، އެގައުމުގެ ކުރިއަރާފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އިންޑިއާއިން ޝަރުތު ހަމަވެއެވެ.

މި އަސާސްތަކާއިއެކު، 2030 ވަނަ އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިގްތިސާދަށްވެ، ދުނިޔޭގެ ޙިއްޞާގެ ބާޒާރުގައި މުހިއްމު ދައުރެއް އަދާކުރާނެކަމަށްކަމަށް ބައިނަލްޢަޤުވާމީ އިންވެސްޓްމަންޓް ބޭންކް މޯގަން ސްޓެންލީ އިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ.

'މިއީ އިންޑިއާގެ ދަހަރަށް ވާންވީ ކީއްވެ؟' ގެ ނަމުގައި ނެރުނެފައިވާ ރިޕޯޓުގައި ބަލާފައިވަނީ އިންޑިއާގެ އިގްތިސާދީ މުސްތަގުބަލު ބައްޓަންކުރާ ކަންތައްތަކާއި ސިޔާސަތުތަކަށެވެ. "މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސާދުގައި އިންޑިއާއަށް ބާރު ލިބެމުންދާއިރު، އަޅުގަނޑުމެންގެ ނަޒަރުގައި މި ޚާއްޞަ ބަދަލުތަކަކީ ޖީލަކުން އެއްފަހަރު އަންނަ ބަދަލުތަކެވެ. އަދި މިއީ އިންވެސްޓަރުންނާއި ކުންފުނިތަކަށަވެސް ލިބގެންދާ ފުރުސަތެއް"، ރިޕޯޓުގައި ބުނެފައިވެއެވެ.

ދުނިޔޭގެ ހަތަރު ޓްރެންޑް ނުވަތަ ކަންކަން ބައްޓަންވަމުން އަންނަ ގޮތްތައް:

  • އާބާދީ ބެހިފައިވާގޮތް
  • ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު
  • ކާބަން ބޭރުވާ މިންވަރު މަދުކުރާ މިންވަރު ދަށްކުރުން
  • ދުނިޔެގުޅިލާމެހެމުން ދިއުމުގެ ސަބަބުން ދިމާވާގޮންޖެހުންތަކުން ރައްކާތެރިވެ ފިޔަވަޅުއެޅުްނ

މިއި "ނިއު އިންޑިއާ" ނުވަތަ "އާ އިންޑިއާ" އިންވެސް ތާއީދު ކުރަމުންދާ ކަންކަމެވެ. އެގޮތުން މި ދިހަ އަހަރު (ދަހަރު) ނިމޭއިރު ދުނިޔޭގެ ކުރިއެރުމުގެ ފަސްބައިކުޅަ އެއްބައިގެ ކުރީގައި އިންޑިއާ ފެނިގެންދާނެކަމަށްވެސް މި ރިޕޯޓުގައިވަނީ ބުނެފައެވެ.

ޓެގްސް: އިންޑިއާ ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.