ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާގައި

ހަބަރު

ޑަބްލިއުޑީސީ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަން ފާސްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ނޮވެންބަރު 2022 , ބުދަ 17:59   217

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުން އަވަސްއަވަހަށް އިސްތިއުފާދެއްވާތީ އާއި، ކައިރިކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާކަމެއްކަން އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައިވުމާއިއެކު، މިކަމަށް ޙައްލު ހޯދުމުގެ ގޮތުގޮތުން ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ބަދަލު ގެންނަވައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ. މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ދިރާސާކުރުމަށްފަހު ފާސްކުރިގޮތަށް ތަޅުމުން ވޯޓަށް އެހުމުން 34 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ ދެ މެމްބަރެކެވެ.

ޤާނޫނަށް މިބަދަލު ގެނެވުމުގެކުރިން، އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. މިގެނައި ބަދަލާއިއެކު ދެން ޑަބްލިއުޑީސީ އިންތިޚާބުތައް އަލުން ބާއްވަން ޖެހެނީ 365 ދުވަސްތެރޭގައެވެ.

މިއިސްލާހަށް ޢަމަލުކުރަން ފެށުމުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ. މިއިސްލާޙަށް ޢަމަލުކުރަން ފަށާނީ ރައީސް ތަސްދީދުކުރެއްވުމުންނެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް ޑަބްލިއުޑީސީ ޤާނޫނަށް ބަދަލުގެނައުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.