މިއަދަކީ ދިވެހި ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިދުވަސް ފާހަގަ ކުރަނީ މީގެ 34 ކުރިން، 1988 ވަނަ އަހަރު އަވަށްޓެރި ސްރީލަންކާގެ ވަކިވެގަންނަން މަސައްކަތްކުރަމުންދިޔަ ތަމަޅަ ޓައިގަރުން ޖަމާޢަތެއް ކަމުގައިވާ ޕީއެލްއޯ އިން ދިވެހިރާއްޖެ އަށް އަރައި، ޢުދުވަނީ ޙަމަލާ ހިންގިދުވަހުގެ ހަނދާން އާކޮށް އެދުވަހު ޝަހީދުވި ދިވެހި އަބްޠާލުންގެ މަތިން ޒިކުރާ އާކުރާ ދުވަހެވެ.
މިހިތާވެރި ޙާދިޘާ އަކީ ދިވެހިންގެ ތެރެއިން ބަޔަކު އިސްވެ މަގުދައްކައިގެން ހިންގާފައިވާ ނުރައްކާތެރި ޙާދިޘާއެކެވެ. ދުޝްމަނުންގެ ޙަމަލާތައް ދިފާޢުގައި ނިކުތް ދިވެހި ލަޝްކަރުގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން ފާހަނގަކުރަންޖެހެއެވެ.
ނަސީބު ކަންދިމާކުރިގޮތުން އަވަށްޓެރި އެހެންޤައުމުތަކާއި ބައިނަލް ޢަޤުވާމީ އެކިއެކި ފަރާތްތަކުގެ އެހީގައި، ރާއްޖެއިން ވަނީ ދުޝްމަނުް ފަހަތަށްޖައްސައި، އެމީހުންގެ ސަފުތައް ވިއްސިވިހާލިކޮށްލާފައެވެ. ޤައުމަށް ފުރިހަމަ ނަސްރާއި ކާމިޔާބީ ހޯދައިދީފައެވެ.
