މަރަދޫ އެފްސީގެ ކުޅުންތެރިން

ހަބަރު

[މެޗު 10] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : މަރަދޫ | މަރަދޫ ފޭދޫ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ނޮވެންބަރު 2022 , އަންގާރަ 23:07   494

[މެޗު 10] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : މަރަދޫ 4 | 2 މަރަދޫ ފޭދޫ

މިމެޗުގެ ގެ ފުރަތަމަ ހާފް ނިމުނީ ދެޓީމެ ވެސް 1-1 އިން އެއްވަރުވެފައި އޮވެ ނަމަވެސް، މެޗު ނިމުނީ 4-2 ގެ ނަތީޖާއަކުން މަރަދޫ އެފް ކުރިހޯދައިގެންނެވެ. އެހެންކަމުން އެޓީމު ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

ފުރަތަމަ ގޯލު ޖެހީ މަރަދޫ ޓީމުން ޝަހާއު (9) އެވެ. އޭގެ ފަހުން ވެސް އޭނާ ގޯޯލެއް ޖެހިއެވެ. އެޓީމުން އަޒާން އަދި ލަވާހު ވެސް ވަނީ ގޯލުޖަހާފައެވެ.

މަރަދޫފޭދޫ ޓީމުން ގޯލުތައް ޖެހީ ޖައިލަމް އަދި ޝިޔާމްއެވެ. މޭން އޮފްދަ މެޗުކަން ހޯދީ ލަވާހުއެވެ.

[މެޗު 9] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : ބޭރުމަތި 2 | 1 ފޭދޫސްޕޯޓްސް

މިމެޗުގެ ގެ ފުރަތަމަ ހާފް ނިމުނީ ދެޓީމެ ވެސް 1-1 އިން އެއްވަރުވެފައި އޮވެ ނަމަވެސް، މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން ބޭރުމަތި ޓީމު ކުރިހޯދައިގެންނެވެ. އެހެންކަމުން އެޓީމު ވަނީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލް ޓީމުގެ ގޮތުގައި ހިމެނިފައެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ 12 ވަނަ މިނެޓުގައި، ފޭދޫ ސްޕޯޓްސް އިން ޔޫސުފް (13) އެވެ. އަދި ފުރަތަމަ ހާފް ނިމެން ގާތްވެފައި އޮތްވާ ބޭރުމަތި ޓީމުން އިންޝަލް (7) ޖޯލެއް ޖަހައި އެއްވަރުކުރީއެވެ. ފަހު ގޯލުޖަހައި އެޓީމަށް ލީޑު ހޯދައިދިނީ 60 ވަނަ މިނެޓުގައި ތިލްމީޒު (14) އެވެ.

މިމެޗުގައި ބޭރުމަތި ޓީމުން ތިލްމީޒު އަދީ ދާނިޝް އަށް ރީދޫ ކާޑު ދެއްކިއިރު ފޭދޫ ޓީމުން ވިފާގް އަދި ޔޫސުފް އަށް ވެސް ރީނދޫ ކާޑު ދައްކާފައިވެއެވެ. މޭން އޮފްދަމެޗުކަން ހޯދީ ބޭރުމަތި ޓީމުގެ ޖޯޒީ ނަމްބަރު 7 މުޙައްމަދު އިންޝަލް އެވެ. ރެފްރީކަން ކޮށްފައިވަނި މުޙައްމަދު އިރުޝާދު ފާރޫޤުއެވެ.

[މެޗު 8] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : ފާހި ސްޕޯޓްސް 3 | 3 މަރަދޫ ފޭދޫ އަފިރިން އެފްސީ

ފުރަތަމަ ހާފުގައި 3-2 ގެ ނަތީޖާއަކުން ފާހި ސްޕޯޓްސް ކުރީގައި އޮތް ނަމަވެސް، އިފިރިން ޓީމުން އިތުރު ގޯލެއްޖަހައި، މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ 11 ވަނަ މިނެޓުގައި މޫސާ ޒާހިރު (5) އެވެ. ފަހު ގޯލު ވެސް ޖެހީ 53 ވަނަ މިނެޓުގައި އޭނާއެވެ. އޭނާގެ ފުރަތަމަ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން އެޓީމުގެ ނަޖާހު (7) ވެސް ގޯލެއް ޖެހިއެވެ. އަފިރިން ޓީމުން ގޯލު ޖެހި ކުޅުންތެރިންނަކީ ނަޖީބް (24) ސަރީރު (21) ޝިފާޒު (11) އެވެ.

މެޗުގައި އަފިރިން ޓީމުން މުޙައްމަދު ނީޝަމް (4) އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. މެޗުގެ މޭން އޮފްދަމެޗު ކަން ހޯދާފައިވަނީ މޫސާ ޒާހިރު (5) އެވެ. މެޗުގެ ރެފްރީކަން ކުރީ އަބްދުއްﷲ އަހުމަދުއެވެ.

[މެޗު 7] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : ލޮތާރި 0 | 4 ފޭދޫ ސްޕޯޓްސް

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު 7 ވަނަ މެޗުގައި ފުރަތަމަ ގޯލު ޖެހީ ފޭދޫ ސްޕޯޓްސް އިން 29 ވަނަ މިނެޓުގައި އަލީ ލިރުއާމް (9) އެވެ. ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖެހިފައި ނުވެއެވެ. އެހެންކަމުން ފުރަތަމަ ހާފް ނިމިފައިވަނީ 1-0 ގެ ނަޖީއަކުން ފޭދޫ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އިރުކޮޅެއް ނުވަނީސް އަނެއްކާ ވެސް އެޓީމުން ވިޝާޙް (23) ގޯލެއް ޖެހިއެވެ. އަދި ބަލްސަމް (17) ވެސް ދެގޯލް ޖަހަައިދީފައިވެއެވެ.

ފޭދޫ ސްޕޯޓްސް އިން ލިރުއާމް އަށް، އަދި ލޮތާރި އިން ވިޝާލް އަށް ރީނދޫ ކާޑު ދެއްކިއެވެ. މޭން އޮފްދަމެޗްކަން ހޯދީ ލިރުއާމްއެވެ. ރެފްރީކަން ކޮށްފައިވަނީ އާސިފް މުޙައްމަދުއެވެ.

[މެޗު 6] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : މައިލޯ 3 | 0 މަރަދޫ އެފްސީ

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު 6 ވަނަ މެޗުގައި 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މައިލޯ އެފްސީ އެވެ. މެޗުގެ މޭން އޮފްދަމެޗުކަން ހޯދާފައިވަނީ މައިލޯ ޓީމުގެ ޖޯޒީ ނަމްބަރު 8، ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސް އޭނާއެވެ. އެއީ މެޗުގެ 6 ވަނަ މިނެޓުގައެވެ. ދެވަނަ ގޯލު ޖެހީ އޭގެ 4 މިނެޓުފަހުން އިބްރާހިމް ސިރާޖު (17) އެވެ.

ފަހު ގޯލު ޖެހީ މެޗުގެ ޚާއްޞަ ބައިވެރިޔާ، ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (7) އެވެ. އެއީ 73 ވަނަ މިނެޓުގައެވެ. އޭނާ ކުޅެން ނިކުތީ ދެވަނަ ހާފުގައެވެ.

ދެވަނަ ހާފް ނިމުނު އިރު ސްކޯ އަކީ 2-0 އެވެ.

މެޗުގައި މަރަދޫ ޓީމުން ދެކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކިއެވެ. 6 ވަނަ މިނެޓުގައި ލަވާހު (4) އަށް ކާޑު ދެއްކިއިރު 44 ވަނަ މިނެޓުގައި ނަސީހް ނަޢީމް (6) އަށް ވެސް ރީނދޫ ކާޑު ދެއްކިއެވެ.

[މެޗު 5] އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް : ލޮތާރި 0| 8 އެފްސީ ބޭރުމަތި

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު 5 ވަނަ މެޗުގައި ކްލަބް ލޮތާރި އަދި އެފްސީ ބޭރުމަތި ބައްދަލުކޮށް 8-0 ގެ ނަތީޖާއަކުން އެފްސީ ބޭރުމަތި ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ދާނިޝް (11) ރާއިފް (30) ތިލްމީޒް (14) އަދި އިންޝަލް (7) ކޮންމެ ކުޅުންތެރިއަކަށް ދެ ގޯލު ޖަހާފައިވެއެވެ.

މިމެޗުގައި ލޮތާރި ގެ ސަމޫހު އަށް، އަދި ބޭރުމަތި ޓީމުން އަމީން އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. މެޗުގެ ރެފްރީކަން ކޮށްފައިވަނީ މުހައްމަދު އިމްތިޔާޒުއެވެ.

[4ވަނަ މެޗު] މެދުވަލު އެފްސީ (މައިލޯ) 10 : 0 މަރަދޫ ފޭދޫ އެފްސީ

މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ސްކޯ އަކީ 5-0 އެވެ. ނަމަވެސް ދެވަނަ ހާފުގައި ވެސް އިތުރު 5 ގޯލު ޖަހައި މައިލޯ ޓީމުން ވަނި މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ހަސަން ނަޒީމު ވަނީ ޖުމްލަ ހަ ގޯލު ޖަހައި ދެ ހެޓްރިކް ހަމަކޮށްފައެވެ. ފުރަތަމަ ގޯލު ޖަހާފައިވަނީ 11 ވަނަ މިނެޓުގައި މުހައްމަދު ސަބާހު މަންސޫރު (12) އެވެ. އޭނާގެ އިތުރުން ހާޒިމް (19)، ސިރާޖް (17)، އަދި ޢައްމާރު (21) ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ގޯލު ޖަހާފައެވެ.

މެޗުގައި މައިލޯ ޓީމުން 73 ވަނަ މިނެޓުގައި އަހުމަދު އިބްރާހިމް (13) އަށް، އަދި 78 ވަނަ މިނެޓުގައި ބޭރުމަތި ޓީމުން ސަރާއު ރަޝީދު (23) އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ. މެޗުގެ ރެފްރީކަން ކޮށްފައިވަނީ އިބްރާހިމް މުހައްމަދު އެވެ. އެސިސްޓް ރެފްރީންނަށް ތިއްބެވީ، އަބްދުއްﷲ އަހުމަދު އާއި ހުސެން ހަބީބު އެވެ.

[3ވަނަ މެޗު] ބޭރުމަތި އެފްސީ 2 | 3 ފޭދޫ ސްޕޯޓްސް

ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސްއިން 2-0 ގެ ނަތީޖާއަކުން ކުރިހޯދިއެވެ. އަދި ދެވަނަ ހާފުގައި ވެސް ފޭދޫ ސްޕޯޓްސް އިން އިތުރު ގޯލެއް ޖެހިއެވެ. ބޭރުމަތިން ވަނީ 85 ވަނަ މިނެޓުގައި ގޯލެއްޖަހައި މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މެޗު ނިމުނީ 3-2 ނަތީޖާއަކުން ފޭދޫ ސްޕޯޓްސް މޮޅުވެގެންނެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ 10 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސް އިން ހަނީފް (8) އެވެ. ދެވަނަ ގޯލު ދެޖީ 28 ވަނަ މިނެޓުގައި ފޭދޫ ސްޕޯޓްސް އިން މަހުދީ (7) އެވެ. ތިން ވަނަ ގޯލު ޖެހީ ފޭދޫ ސްޕޯޓްސް އިން ޒަވާލް (20) އެވެ. ބޭރުމަތި ޓީމަށް ގޯލުތައް ޖަހައިދިނީ ނާޝިދު (10) ގެ އިތުރުން ނަޒީރު (17) އެވެ.

[2ވަނަ މެޗު] މަރަދޫ އެފް 5 | 1 ފާހި ސްޕޯޓްސް

މިމެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނި 18 ވަނަ މިނެޓުގައި، މަރަދޫ އެފްސީގެ އަޒާން (17) އެވެ. އޭނާ ވަނީ އަނެއްކާ 22 ވަނަ މިނެޓުގައި ވެސް އަނެއްކާ ވެސް ގޯލެއް ޖަހާފައެވެ. އެޓީމުން ޝަހާހު ވަނީ ދެ ގޯލު، އަދި ނަޒްމީ ގޯލެއް ޖަހާފައެވެ. ފާހި ސްޕޯޓްސް ކްލަބުން ޖެހި ހަމައެކަނި ގޯލު ޖަހާފައިވަނީ ޝަމިން (7) އެވެ.

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ދިވެހި ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.