ރައީސް ސޯލިޙް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ

ހަބަރު

200 ކައުންސިލްގެ ތެރެއިން 134 ކައުންސިލެއްގެ ހިސާބުތައް ޤަވާއިދުން ރެކޯޑްކުރަމުން ނުދޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ނޮވެންބަރު 2022 , ހުކުރު 22:57   179

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހެދިފައިވާ 200 ކައުންސިލްގެ ތެރެއިން 134 ކައުންސިލެއްގެ ހިސާބުތައް ޤަވާއިދުން ރެކޯޑްކުރަމުން ނުދައްކައެވެ.

މިކަމާއި ގުޅިގެން ކަންކަން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ތަކުރާރުކޮށް އިލްތިމާސްކުރަމުން ދާކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އަދި މިކަމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރުމުގައި ވެސް ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުންދާ ކައުންސިލްތަކަށް ލިބޭ ފައިސާ އިތުރުވާގޮތަށް ފޯމިއުލާ ޖަހާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ އަށް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކޮށްފައި ވަނީ ރަށުގެ ކަރަންޓާއި އެހެނިހެން ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުން ނުދިއުމެވެ.

މިގޮތުން 3 މަހާއި 6 މަހާއި ދެމެދުގެ މުއްދަތެއް ވަންދެން ނުދައްކައިހުރި ބިލުތައް 13 ކައުންސިލެއްގައި އެބަހުރިކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވަންދެން ނުދައްކައި ހުރި ޔުޓިލިޓީ ބިލުތައް 47 ކައުންސިލްގައި ހުރިކަމަށް ވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންދައްކައެވެ.

އަންނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޭން ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ. މިއީ މިހާތަނަށް ސަރުކާރުން އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކުރި ފަހަރުވެސް މެއެވެ. އަދި މިއީ ކުރީ އަހަރަށްވުރެ 3 އިންސައްތަ އިތުރު ޢަދަދެކެވެ.

ޓެގްސް: ދައުލަތުގެ ބަޖެޓް ލޯކައުންސިލްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.