ފެނަކައިން އައްޑޫ ހައި ސްކޫލުގައި ހަރުކޮށްފައިން ސޯލާ ޕެނަލްތަކެއް

ހަބަރު

އިޢާދަކުރަނިވި ހަކަތައިގެ އެންމެ ބިޔަ މަޝްރޫއު, 6 ސަރަހައްދެއްގައި ސޯލާ ޕެނަލް ހަރުކުރަނީ

ރާނިއާ - ދިވެހި ރާއްޖެ | 5 ނޮވެންބަރު 2022 , ހޮނިހިރު 13:41   210

ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއައި ގުޅިގެން ދިވެހިރާއްޖޭގެ 6 ސަރަހެއްދެއްގައި ވަނީ 11 މެގަވޮޓުގެ ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައެވެ. މި މަޝްރޫއު ވަނީ މިއަހަރު މާޗް މަހުގައި ޗައިނާ އާއި މެލޭޝިޔާއަށް ނިސްބަތްވާ ޖޭވީ ކުންފުންޏާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ އިޔާދަކުރަނިވި ހަކަތައަށް ހަދައި، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. އަދި ހަމަ އެންމެ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ ފޮސިލްފިއުލްތަކަށްވާ ބަރޯސާ ކުޑަކޮށް އަވިންނައި ވައިން ހަކަތަ އުފެއްދުމެވެ. މިއާއެކު ސޯލާހަކަތައިން 20 މެގަ ވޮޓުގެ ކަރަންޓުވަނީ މިދިޔަ 3 އަހަރު އުފައްދަން ފަށައިފައެވެ. އަދި ސޯލާއިން 36.5 މެގަ ވޮޓުގެ ހަކަތަ އުފެއްދުމައިއެކު 9.3 މިލިއަން ލީޓަރުގެ ތެޔޮވެސް ވަނީ ސަލާމަތްވެފައެވެ.

އިޔާދަކުރަނިވި ހަކަތައިގެ ބޮޑު ދެ މަޝްރޫއު ސަރުކާރުންވަނީ ބޭރުގެ އެހީއާ އެކު ފަށާއިފެއެވެ. މީގެ ތެރެއިން އެއް މަޝްރޫއަކީ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) މަޝްރޫއެވެ. އަދި ދެވަނަ މަޝްރޫއަކީ އެކްސެލްރޭޓިންގް ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) ގެ މަޝްރޫއެވެ.

ޕޮއިސްޑްގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ 160 ރަށެއްގައި ސޯލާ-ޑީސަލް-ބެޓަރީ ހައިބްރިޑްް ސިސްޓަމްތަކެއް ގާއިމްކުރެވިގެން ދާނެއެވެ. އަދި އެސްޕަޔަރ ގެ ދަށުން ރާއްޖޭގެ 6 ސަރަހައްދެއްގައި 11 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދޭ ސޯލާ ޕެނަލްތައް ހަރުކުރެވިގެންދާނެއެވެ.

އެސްޕަޔަރގެ ދަށުން ހިންގާ މަޝްރޫއުގައި އައްޑޫ ސިޓީގައި 3 މެގަވޮޓް، ފުވައްމުލައް ސިޓީގައި 2 މެގަވޮޓް، ކުޅުދުއްފުށި ސިޓީގައި 1.5 މެގަވޮޓް، ގދ.ތިނަދޫގައި 2 މެގަވޮޓް، ބ.އޭދަފުށީގައި 1.5 މެގަވޮޓް އަދި ޅ. ހިންނަވަރުގައި 1 މެގަވޮޓް ސޯލާ ހަކަތަ އުފެއްދޭނެ ނިޒާމްތައް ޤާއިމް ކުރެވިގެންދާނެއެވެ. އަދި ހުޅުލެ- ހުޅުމާލެ ލިންކް ރޯޑުގައާއި ހުޅުމާލޭގެ ބައެއް އާންމު އިމާރާތްތަކުގައި 5.6 މެގަވޮޓުގެ ސޯލަރ ޕީވީ ސިސްޓަމްވެސް މީގެ އިތުރަށް ގާއިމުކުރެވިގެންދާނެއެވެ.

ޓެގްސް: ތިމާވެށި ސޯލާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.