ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕްގެ ތެރެއިން އަކްސަމް، ފޮޓޯ: އެމްބީޕީއޭ

ކުޅިވަރު

ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް : ޝާޒްއައި އަކްސަމް އެއްވަނަ ޑިވިޝަންގެ ސެމީއަށް

ރާނިއާ - ދިވެހި ރާއްޖެ | 5 ނޮވެންބަރު 2022 , ހޮނިހިރު 13:43   282

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިޔަށް ގެންދާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ފިރިހަން ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލަށް ހަސަން ޝާޒަ މުހައްމަދައި މުހައްމަދް އަކްސަމް ވަހީދު ވަނީ ގޮސްފައެވެ.

ސެމީއިން ޖާގައެއް ޝާޒް ހޯދާފައިވަނީ ހުކުރު ދުވަހު ދުންޔާޒް މުހައްމަދައި ދެކޮޅަށް ކުޅެފައިވާ މެޗުން 7-9 އިން މޮޅުވުމަށްފަހުއެވެ. އަދި އަކްސަމް އޭނާގެ ޖާގަ ކަށަވަރު ކޮށްފައިވަނީ އަލީ ފަޔާޒާ ދެކޮޅަށް 5-9 އިން ކާމިޔާބުކޮށްފައިވާ މެޗުގައެވެ.

އަދި ހަމަ އެހެންމެ މި މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަ ކުރާނީ އިސްމާއިލް ޝިޔާމާއި މުޙައްމަދު އައްފާން ޔޫސުފެވެ. އަދި އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަ ކުރާނީ އާއިޝަތު އަލީ އާއި އާމިނަތު އަޒްރާއެވެ. އާމިނަތު އަޒްރާ ސެމީ ފައިނަލަށް ގޮސްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ދީނާ އަޙްމަދު ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގައި 32 ކުޅުންތެރިން ވާދަކުރާއިރު ފިރިހން ދެވަނަ ޑިވިޝަނުގައި 51 ކުޅުންތެރިން ވާދަކުރެއެވެ. ނަމަވެސް މިފަހަރުވެސް އަންހެން ޑިވިޝަންގެ ކުޅުންތެރިން މަދެވެ. އަދި އަންހެން ޑިވިޝަނުގައި ވާދަ ކުރަނީ އެންމެ ހަތް ކުޅުންތެރިންނެވެ. ޑަބަލްސް އިވެންޓުގައި 35 ޕެއާ ވާދަކުރާއިރު، މިކްސް ޑަބްލްސްގައި ވާދަ ކުރަނީ 10 ޕެއާއެވެ.

ގައުމީ ބިލިއާޑް މުބާރާތުގެ 6 އިވެންޓެއް މިމަހު 18 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

ޓެގްސް: ބިލިއާރޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.