ލަންޑަންގެ ހީތުރޯ އެއާޕޯޓުގެ ޓާމިނަލް 2 ގެ ޑިޕާޗާ ޓާމިނަލް ތެރޭގައި ފަސިންޖަރުންގެ ކިޔޫއެއް

ހަބަރު

ފީފާ ވޯލްޑް ކަޕްގެ ކުރިން ލަންޑަންގެ ހީތުރޯ އެއާޕޯޓުގެ މުވައްޒަފުން މުޒާހަރާކުރަން ނިންމައިފި

ރާނިއާ - އައްޑޫ އަތޮޅު | 6 ނޮވެންބަރު 2022 , އާދީއްތަ 15:33   269

މުސާރަ ރަނގަޅު ކުރުމަށް ގޮޮވާލުމުގެ ގޮތުން ލަންޑަންގެ ހީތުރޯ އެއާޕޯޓުގެ 700 އެއްހާ މުވައްޒަފުން ވަނީ ފީފާ ވޯލްޑް ކަޕްގެ ކުރިން މުޒާހަރާ ކުރުމަށް ނިންމާފައެވެ.

ގްރައުންޑް ހެންޑްލިން އާއި، އެއާސައިޑް ޓްރާންސްޕޯޓް އަދި ކާގޯގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ 700 އެއްހާ މުވައްޒަފުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ތިން ދުވަހަށް މުޒާހަރާ ކުރާނެކަމަށް ޔުނައިޓް ޔޫނިއަންއިނަ ވަނީ ހުކުރު ދުވަހު ބުނެފައެވެ. އަދި ހަމަ އެހެންމެ މުޒާހަރާގެ އެންމެ ފަހު ދުވަހަކީ ވޯލްޑް ކަޕް 2022 ފެށޭ ދުވަސް ވެސްމެއެވެ.

ޔޫރަޕްގެ އެންމެ ގިނަ ފްލައިޓް ދަތުރުކުރާ އެއާޕޯޓުގައި މުޒާހަރާ ކުރުމުގެ ސަބަބުން ހީތުރޯގެ ޓާމިނަލް 3،2 އަދި 4 ގައި ފްލައިޓް ލަސްވުމައި ކެންސަލޭޝަންތައް ގިނަ ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މުޒާހަރާތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ދައްކާނީ ޤަތަރު އެއާވޭސް އަށެވެ. މިއީ ކުރިއަށް އޮތް ފުޓުބޯޅަ މުބާރާތައި ގުޅިގެން ޤަތަރު އެއާވޭސް އިންހަފްތާއަކު އިތުރު 10 ފްލައިޓް ބޭއްވުމަށް ހަމަޖައްސައިފައި ވާތީއެވެ. ވާޖިން، ސިންގަޕޫރު އެއާލައިންސް، ކެތޭ-ޕެސިފިކް އަދި އެމިރޭޓްސް ފަދަ އެހެން އެއާލައިންތަކަށް ވެސް މުޒާހަރާތަކުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ.

ހީތުރޯގެ މުވައްޒަފުން ހުށަހަޅައިފައިވާ ސިނާއި ފިޔަވަޅައި ބެހޭގޮތުން އިނގޭ ކަމަށައި، މި މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ ގްރައުންޑް ހެންޑްލިންގ އަށް އެހީތެރިވުމަށްޓަކައި ތަންފީޒުކުރެވޭނެ ކޮންޓިންޖެންސީ ޕްލޭންތަކައި ބެހޭގޮތުން އެއާލައިން ޕާޓްނަރުންނާ މަޝްވަރާ ކުރަމުން ދާކަން ހީތުރޯގެ ތަރުޖަމާނަކު ވަނީ ބީބީސީ ބްރޯޑްކާސްޓާރަކު ކައިރީ ވިދާޅުވެފައެވެ.

ޓެގްސް: އިނގިރޭސިވިލާތް ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.