ޗައިނާގެ ރައީސް، ޝީ ޖިންޕިންގް

ދުނިޔެ

ޗައިނާގެ ރައީސް ޝީ، ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބާއްވަން ގޮވާލައްވައިފި

ރާނިއާ - އޭޝިއާ | 8 ނޮވެންބަރު 2022 , އަންގާރަ 13:38   170

ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޮލްޒްއާއެކު ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހުކުރު ދުވަހު ބައްދަލުކޮށް، ޝީ ވަނީ ރަޝިޔާއައި ޔޫކްރޭއިންއައި ދެމެދު ސުލްހައިގެ މަޝްވަރާތައް ބޭއްވުމަށް ގޮވައި، ނިއުކްލިއާ ހަނގުރާމައަކަށް ގޮސްފިނަމަ ލިބޭނެ ގެއްލުންތަކައި ބެހޭގޮތުން އިންޒާރު ދީފައެވެ.

ޖަރުމަނުގެ ލީޑަރު ބެއިޖިންގްއަށް ގޮސްފައިވަނީ އެއް ދުވަހުގެ ދަތުރުފުޅެއްގައެވެ. އަދި މިބައްދަލުވުމުގެ ސަބަބުން ޗައިނާއައި ރަޝިޔާއައި ދެމެދުގައި އޮންނަ ގުޅުމައި ބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ވަނީ އުފެދިފައެވެ.

ޗައިނާއިން ރަޝިޔާއަށްދޭ ނުރަސްމީ ތާއިދަކީ އިގްތިސާދީ ގޮތުންނައި އިންސާނީ ހައްގުގެ ގޮތުންވެސް ފާޑުކިޔުންތައް އަމާޒުވެގެންދާ ކަމެކެވެ.

ޝޮލްޒްގެ މި ދަތުރުފުޅުން ދައްކުވައިދެނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއާ އެކު ޖަރުމަނުން ހާއްސަކޮށް އޮޓޯ އަދި މެނުފެކްޗަރިން ދާއިރާގެ ވިޔަފާރީގައި ގުޅުން ބޭއްވުމުގެ މުހިންމުކަމެވެ. މާސެޑެސް ބެންޒް އިން އެކަނިވެސް މިދިޔަ އަހަރު ޗައިނާގައި 7،58،863 ކާރު ވިއްކާފައިވާއިރު، މިއީ އެކުންފުނިން ގައުމަކަށް ވިއްކާފައިވާ އެންމެ ގިން ކާރު ކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކުވައިދެއެވެ.

ޝީ ފާހަގަކުރެއްވި ގޮތުގައި ޝޮލްޒްގެ މި ދަތުރުފުޅަކީ ފިނި ހަނގުރާމައިގެ ވާދަވެރިކަމަށްފަހު، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވުމުގެ އިތުރުން، ވިޔަފާރީގެ މުހިންމު ބައިވެރިންގެ ގޮތުގައި ތިބޭނެކަން ދައްކުވައިދޭ ދަތުރުފުޅެއް ކަމަށެވެ.

ޓެގްސް: ޗައިނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.