ބާސެލޯނާގެ ޑިފެންޑަރު، ޖެރާޑް ޕީކޭ

ކުޅިވަރު

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރިޓަަޔަރު ކުރާކަމަށް އިއުލާންކޮށްފި

ރާނިއާ - ޔޫރަޕް | 5 ނޮވެންބަރު 2022 , ހޮނިހިރު 22:52   354

ބާސެލޯނާގެ ޑިފެންޑަރު އަދި ސްޕެއިންގެ ކުރީގެ ކުޅުންތެރިޔާ ޖެރާޑް ޕިކޭ ކްލަބް ފުޓްބޯޅައިން ރިޓަޔާކުރިކަން ބުރާސްފަތި ދުވަހުވަނީ އިއުލާންކޮށްފައެެވެ.

"މި ހޮނިހިރު ދުވަހު ކޭމްޕް ނޯއުގައި ކުޅޭ މެޗަކީ އަހަރެންގެ އެންމެ ފަހު މެޗު." ޕީކޭ ވަނީ މީޑިއާގައި ބުނެފައެވެ.

ކެމްޕް ނޯއުގައި ހޮނިހިރު ދުވަހު އަލްމީރިއާއި ދެކޮޅަށް ކުޅޭ މެޗުކީ ޕިކޭގެ އެންމެ ފަހު މެޗުކަމަށް ޝިންވާއިންވަނީ ބުނެފައެވެ.

ސްޕެއިންގެ ކްލަބާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕިކޭ ވަނީ ބާސެލޯނާއަށް 615 މެޗު ކުޅެ 52 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީތަކުގެ އިތުރުން އުމުރުން 35 އަހަރުގެ ޕީކޭ ވަނީ ބާސެލޯނާއަށް ސްޕެނިޝް ލީގުގެ އަށް ތަށި ހޯދައި ކޮޕާ ޑެލްރޭގެ ހަތް ތަށި ހޯދައިދިނުމަށް އެހީތެރިވެދީފައެވެ.

ކުރީގެ ސްޕެއިން އިންޓަނޭޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި އޭނާގެ ގައުމަށް ލިބިފައިވާ މޮޅުގައިވެސް މުހިންމު ރޯލެއް އަދާކޮށްފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.