ޖީ20، ފުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ ދިދަ ބެހެއްޓިފައި

ވިޔަފާރި

ޖީ20، ޤައުމީ އުފެއްދުންތެރިކަމުގައި، ތިންވަނަ ކުއާޓަރުގައި ސައުދީ އަރަބިއްޔާ އެންމެ ކުރީގައި

ރާނިއާ - ދުނިޔެ | 7 ނޮވެންބަރު 2022 , ހޯމަ 09:26   302

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖީ20 ގައުމުތަކުގެ ތެރެއިން ރިއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (އަސްލު ޤައުމީ އުފެއްދުންތެރިކަން ހުރިމިންވަރު)، އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ މަތިއީ ސައުދީ އަރަބިއްޔާގައެވެ. އަދި ސައުދީ އަރަބިއްޔާގެ ޖީޑީޕީ ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ.

އަދި މިއަދަދަކީ އިންފްލޭޝަން ރޭޓްގެ މެދުމިން 2.9 އިންސައްތައައިވެސް ދިމާވާ އަދަދެކެވެ. މިއީ ޖީ20 ގައުމުތަކުގެ ތެރޭގައި އެންމެ ދަށް އަދަދުވެސް މެއެވެ.

ތެޔޮ ނޫން ޖީޑީޕީގެ ހަގީގީ ކުރިއެރުން ޖެހިޖެހިގެން ހަ ކުއާޓަރުގައިވެސް ވަނީ 5.9 އިންސައްތައިގައި ކަމަށް އިކޮނޮމީ އެންޑް ޕްލޭނިން މިނިސްޓްރީގެ އާ ރިޕޯޓެއްގައިވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ 2022 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސައުދީއިން ތެޔޮ ނޫން ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އުފެއްދުންތެރިކަމާއި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ރެސްޓޯރެންޓްތަކާއި ،ހޮޓަލްތަކާއި، އިމާރާތްކުރުމާއި، ދަތުރުފަތުރުގެ ދާއިރާތަކުން ކަމަށެވެ.

އޮކްޓޯބަރު މަހު ނެރުނު ދަ ވޯލްޑް އިކޮނޮމިކް އައުޓްލުކް ރިޕޯޓުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރާ ގޮތުގައި ސައުދީ އަރަބިއްޔާ 2022 ވަނަ އަހަރު 7.6 އިންސައްތަ އަދި 2023 ވަނަ އަހަރު 3.7 އިންސައްތަ ކުރިއަރާނެއެވެ.

ޓެގްސް: ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.