ސްރީލަންކަން އެއާލައިންސް އަކީ ސްރީލަންކާގެ ދިދަ އުފުލާ އެއާލައިން

ދުނިޔެ

ސްރީލަންކަން އެއާލައިންސް ބަދަލަކާއި ދިމާލަށް، 18 މަސްތެރޭ ގިނަ ފްލައިޓްތައް އާކުރަން ބޭނުންކަމަށް ބުނެފި

ރާނިއާ - ލަންކާ | 8 ނޮވެންބަރު 2022 , އަންގާރަ 08:55   318

ސްރީލަންކަން އެއާލައިންސް އިން މިދިޔަ އަހަރު ވަނީ އެމީހުންގެ ހިދުމަތްތައް ޒަމާނީ ކުރުމުގެ ގޮތުން އެއާބަސް އޭ330ނިއޯ އާއި އޭ350 އެކުންފުނީގެ ފްލީޓްއައި ގުޅޭނެކަމަށް ބުނެފައެވެ. ނަމަވެސް 2023 ވަނަ އަހަރު ކައިރިވެފައިވާ ކަމުގަވިޔަސް އަދިވެސް ބޮޑު އެއާކްރާފްޓް އޯޑަރެއް އެމީހުން ދީފައެއް ނުވެއެވެ. ޖުމްލަ ފްލީޓް ސްޓްރެޓެޖީއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ސިމްޕްލް ފްލައިން އިން މި ހަފްތާގައި ވަނީ ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޝޯކް ޕަތިރާޖްއާ ބައްދަލުކޮށްފައެވެ.

ސްރީލަންކަން އެއާލައިންސްއަށް އެންމެ ފަހުން އާ މަތިންދާބޯޓެއް ލިބިފައިވަނީ 2018 ވަނަ އަހަރުގައެވެ. މިއަދު ސްރީލަންކަން އެއާލައިންސް އެކުލެވިފައިވަނީ ނެރޯބޮޑީ އަދި ވައިޑްބޮޑީ ސްޓްރީމްލައިން ކުރެވިފައިވާ އެއާބަސްތަކުގެ ލައިން އަޕްއަކުންނެވެ.

ސްރީލަންކަން އެއާލައިންސްގެ އެންމެ ފަހުގެ މަތިންދާބޯޓުތަކުގެ ގޮތުގައި ހިމެނެނީ އޭ320ނިއޯގެ ފްލައިޓްތަކެވެ. އެހެންކަމުން މިއީވެސް މިހާރު އެވަރެޖްކޮށް ފަސް އަހަރުވެފަތިބި ފްލައިޓްތަކެވެ. އަދި އެންމެ ޒަމާންވީ ފްލައިޓަކަށް ތިބީ އޭ3300-200 އެވެ. މި އުޅަނދުތަކަށް މިހާރު ގާތްގަނޑަކަށް 20 އަހަރު ވާނެއެވެ.

ޕަތީރާޖް ހާމަކުރައްވާ ގޮތުގައި ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އެއާލައިންސްގެ ފްލީޓުން ގިނަ މަތިންދާބޯޓުތައް އާ ކުރެވިގެންދާނެއެވެ. އަދި ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) މެދުވެރިކޮށް ބަދަލު މަތިންދާބޯޓުތައް ހޯދުމަށް އެކުންފުނިންދަނީ ހިއްސާދާރެއް ކަމަށްވާ ސްރީލަންކާގެ ސަރުކާރާއި މަޝްވަރާ ކުރަމުންނެވެ.

މި ފްލީޓްއަށް ތައާރަފް ވެގެންދާނީ ކޮން ވައްތަރެއްގެ އެއާކްރާފްޓްތަކެއް ކަމަށް އަދި ސާފުވެފައެއް ނުވެއެވެ.

ޓެގްސް: ސްރީލަންކަން އެއަރލައިންސް ސްރީލަންކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.