ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް

ހަބަރު

ޕީޕީެއެމް އެތެރެ އިންތހާބަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް : އިކޮނޮމިކް މިނިސްޓަރ ފައްޔާޒު

ރާނިއާ - އައްޑޫ އަތޮޅު | 6 ނޮވެންބަރު 2022 , އާދީއްތަ 15:37   342

ޕީޕީއެމް ގެ އެތެރޭގެ އިންތިހާބު އިއްޔެ ކުރިޔަށް ގެންގޮސްފައިވުމަކީ ދިވެހިރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް ކަމަށް، ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު އަދި ވެރިކަން ކުރާ އެމްޑީޕީ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޮއޮލިޝަންގައި ހިމެނޭ ޕީޕީއެމްއަށް އިއްޔެ ބާއްވާފައިވާ އެތެރޭގެ އިންތިހާބަށް މިނިސްޓަރު ވަނީ މަރުހަބާ ކިޔާފައިވަނީ ޓްވީޓަކުންނެވެ. އަދި މީގެ އިތުރުން މިކަހަލަ ސިޔާސީ އިވެންޓުތަށް ހުއްޓުވުމުގެ ގޮތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދް ސޯލިޚް ފުލުހުން ފޮނުވައި، މިފަދަ އަމަލުތައް ނުކުރުމަކީ ރާއްޖޭގައި ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި ކުރީގެ ހަންދާންތައް އާކޮށް މީގެ ފަސް އަހަރު ކުރިން މަންޒަރު ވަރަށް ތަފާތުކަމައި، އޭރު ވޯޓު ފޮށި ބަލައިވެސް އައިސްފައިވަނީ ފުލުންހުން ކަން ފައްޔާޒަ ފާހަގަކޮށްލިއެވެ.

ޕީޕީއެމްގެ އަސާސީ ޤާނޫނުތަކަށް މިފަހުން ގެނެސްފައިވާ އިސްލާހުތަކއި ގުޅިގެން ދާއިރާތަކުގެ ރައިސުން ވަނީ ޕާޓީ ހިންގުމުގެ އޮނިގަނޑުގައި ހިމަނާފައެވެ. އަދި އެހެންކަމުން އިއްޔެ ކުރިއަށް ގޮސްފައިވާ އިންތިޚާބަކީ އެ ކޯލިޝަންގެ 87 ދާއިރާއަކަށް ރައީސުންނާއި ނައިބުރައީސުން ޢައްޔަންކުރުމަށް ބޭއްވި އިންތިޚާބެކެވެ.

އެހެންކަމުން ދާއިރާގެ ރައިސުންނައި ނައިބު ރައިސުންނަކީ ޕާޓީގެ ހަވަނައަށް އެންމެ ބާރުގަދަ މަގާމެވެ.

ޓެގްސް: ޕީޕީއެމް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.