ބަނާޑޯ ސިލްވާ، އެޓޭކިންގް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅޭ ޕޯޗުގީޒް ފުޓުބޯޅަ ކުޅުންތެރިޔެއް

ކުޅިވަރު

ބާސެލޯނާއިން މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ބަނާޑޯ ސިލްވާ ގަތުމަށް މަސައްކަތްކުރަނީ

ރާނިއާ - ޔޫރަޕް | 8 ނޮވެންބަރު 2022 , އަންގާރަ 13:41   306

ބާސެލޯނާ (ބާސާ) އިން، މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބަނާޑޯ ސިލްވާ ގަތުމަށް މަސައްކަތް ކުރުމަށް ތައްޔާރެވެ.

ޕޯޗުގީޒް ކުޅުންތެރިޔާއަކީ މީގެ ކުރިންވެސް ކެޓެލަން ޖަޔަންޓްސްގެ ޝައުގުވެރިކަން ދަމައިގަނެފައިވާ ކުޅުންތެރިއެކެވެ. އަދި ސިލްވާ ވަނީ ސިޓީގެ މެނޭޖަރު ޖޯސެޕް ގާޑިއޯލާ ކައިރިން ހޫނު މޫސުމުގައި ސިޓީ ދޫކޮށް ދެވިދާނެތޯ އަހާފައެވެ.

ސިލްވާ ވަނީ ސިޓީއަށް މިސީޒަނުގައި މޮޅު ކުޅުމެއް ދައްކައިދީފައެވެ. ޕްރިމިއާ ލީގުގައި ކުޅުނު 12 މެޗުގައި ދެ ގޯލު ޖަހައި ފަސް އެސިސްޓް ސިލްވާވަނީ ކޮށްފައެވެ.

ޖެރާޑް ޕީކޭގެ ކުއްލި ރިޓަޔާމެންޓަކީ ބާސެލޯނާއަށް ސިލްވާ ގަތުމުގެ ފުރުސަތާއި މާލީ ގާބިލުކަން ހޯދައިދިން ކަމެކެވެ.

ރިޓަޔާކުރާކަން އިއުލާން ކުރުމުން ޕީކޭ ވަނީ ބާސެލޯނާއަށް ގާތްގަނޑަކަށް 44 މިލިއަން ޕައުންޑް ސަލާމަތްކޮށްދީފައެވެ. އަދި މިއީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުކޮށް، 'ފައިނޭންޝަލް ފެއާ ޕްލޭ' މާޖިން ވެސް އިތުރުކޮށްދިން ކަމެކެވެ.

ބާނާޑޯ ބަދަލުވާން ތައްޔާރަށް ހުރިއިރު، އޭނާ އެދިފައިވާ އަގު ބާސާއަށް ދެއްކޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް ދަތިތަކައި ކުރިމަތިލާން ޖެހޭނީ ސީޒަންގެ މެދު ތެރެއިން ސިޓީގެ މުހިންމު ކުޅުންތެރިއެއް ދޫކޮށްލުމަށް ވިސްނައިދިނުމަށެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.