އާއްދީއްތަ ދުވަހު އައްޑޫ އެއާޕޯޓުގައި ސަޕޯޓަރުންނާއި ސަލާންކުރައްވަނީ

ހަބަރު

ރައީސް ޔާމީން އައްޑޫއަށް ވަޑައިގެންފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 6 ނޮވެންބަރު 2022 , އާދީއްތަ 15:47   362

ކުރީގެ ރައީސް އަަދި ޕީޕީއެމް ޕީއެންސީގެ ލީޑަރު ޔާމީން ޢަބްދުލް ޤައްޔޫމް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. މިއީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް އެމަނުފާނު އައްޑޫއަށް ކުރައްވާ ދަތުރެކެވެ.

އެމަނިކުފާނު އަށް އައްޑޫގެ ބައިނަލްޢަޤުވާމީ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވުމަށް ގިނަޢަދަދެއްގެ ބަޔަކު ވަނީ އެއްވެެފައެވެ. އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ފޭދޫގައި ހުންނަ އެޕާޓީގެ ފޭދޫ އޮފީހަށެވެ.

މިއީ ރިޔާސީ ކެމްޕެއިނަށް ކުރައްވާ ދަތުރެއްކަމަށް މީގެކުރިން ޕީޕީއެމުން/ޕީއެންސީ ކޯލީޝަނުން ބުނެފައިވެއެވެ. މިކެމްޕޭނުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، މިދަތުރުގައި އެމަނިކުފާނު އައްޑޫގެ ޒުވާން ތަފާތު އެކި ފިކުރުތަކުގެ މީހުންނާއި ބައްދަލުކޮށް މެނިފެސްޓޯ ހެދުމުގެ ހެދުމުގެ ކުރިން ޚިޔާލު ހޯދާނެއެވެ. އަދި ޕީޕީއެމްގެ ބައެއް އޮފީސްތަކާއި ޖަގަހަތައް ހުޅުވުން ވެސް އޮންނާނެކަމަށް ޕީޕީއެމް މަޢްލޫމާތު ދެއެވެ.

ފޭދޫ ޕީޕީއެމް ޖަގަހައިގައި ބޭއްވުނު ޖަލްސާގެ ތެރެއިން

ޓެގްސް: ޕީޕީއެމް ރައީސް ޔާމީން ރިޔާސީ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.