ޝަރްމް- އަލް- ޝޭޚް/ މިޞްރު : ގެ ރަތް ކަނޑުގެ ރިސޯޓެއްގައި ބޭއްވަމުން ގެންދާ ކޮޕް 27 ސަމިޓުގައި ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެއެވެ.
ސަމިޓް ފެށުމާއިއެކު މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ގައުމުތަކުގެ މެދުގައި ދެ ހަފްތާގެ މުއްދަތަކަށް މަޝްވަރާތައް ކުރިއަށްދާނެއެވެ.
ކޮޕް 27 ސަމިޓްގެ މައި ސެޝަންތައް ފެށިގެންދާނީ ހޯމަ ދުވަހުގައި ބޭއްވިގެންދާ ލީޑަރުންގެ ސަމިޓްއާއެކުއެވެ. އަދި މިސަމިޓުގައި ދައުލަތުގެ އިސްވެރިންނާއި ސަރުކާރުގެ ލީޑަރުން މިބައްދަލުވުމުން ހާސިލުކުރަން ބޭނުންވާ ކަންކަން ބަޔާންކޮށް ފަސް މިނެޓުގެ ތަގުރީރެއް ދެއްވާނެއެވެ.
ދުނިޔޭގެ ލީޑަރުން ހޯމަ އަދި އަންގާރަ ދުވަހު ވާހަކަ ދެއްކުމަށްފަހު ފުރައިގެން ދިޔުމުން، މި ކޮންފެރެންސްގެ މަންދޫބުންގެ މަޝްވަރާތައް ފެށިގެންދާނެއެވެ.
މިދިޔަ އަހަރު ގްލާސްގޯގައި ބޭއްވި ސަމިޓުގައި ގިނަ ވައުދުތަކެއްގެ މައްޗަށް އެއްބަސްވެފައިވެއެވެ. މީގެ ތެރޭގައި :
- އެންމެ ތަޣައްޔަރުވާ އެއް ފޮސިލް ފިއުލްކަމުގައިވާ 'ކޯލް'ގެ ބޭނުން މަދުކުރުން
- 2030 ވަނަ އަހަރުގެ ނިޔަލަށް 'ޑީފޮރެސްޓޭޝަން' މަދު ކުރުން
- 2030 ވަނަ އަހަރުގެ ނިޔަލަށް މީތޭން ބޭރުކުރާ އަދަދު 30 އިންސައްތައަށް މަދު ކުރުން
- މޫސުމާ ބެހޭ އާ އެކްޝަން ޕްލޭންތައް އެކުލަވާލައި އދ އާ ހަވާލުކުރުން
އަދި ހަމަ އެހެންމެ ރަސްމީ މަޝްވަރާތަކުގެ އިތުރުން އެތައް ސަތޭކަ އިވެންޓުތަކެއް ވެސް ކުރިއަށް އޮތް ދެހަފްތާގައި ބޭއްވިގެން ދާނެއެވެ. މީގެ ތެރޭގައި މައުރަޒުތަކާއި، ވޯކްޝޮޕްތަކާއި، ސަގާފީ ޕާފޯމަންސްތަކުގެ އިތުރަށްވެސް އިވެންޓްތައް ކުރިއަށް ދާނެއެވެ.