އެމްޑީޕީ 2022 ވަނަ އަހަރުގެ ކޮންގްރެސް ގެ ތެރެއިން

ހަބަރު

އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު އަންނަ މަހު 17 ގައި ބޭއްވުމަށް ހަމަޖައްސައިފި

ރާނިއާ - ދިވެހި ރާއްޖެ | 7 ނޮވެންބަރު 2022 , ހޯމަ 20:33   299

އަންނަ މަހު 17 ވަނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބު ބޭއްވިގެން ދާނެއެވެ. އަދި އިދިކޮޅު ކޮއޮލިޝަންގައި ހިމެނޭ ޕިޕީއެމްއިން އެތެރޭގެ އިންތިހާބު އިއްޔެގަ ބާއްވާފައިވާއިރު މިއަަދު އެމްޑީޕީ އިން ދާއިރާތަކުގެ އިންތިހާބު ވަނީ ހުޅުވާލާފައެވެ.

ދާއިރާތައް ހިންގާ ކޮމިޓީތައް ހޮވުމަށް އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އެޕާޓީގެ އަސާސީ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި އެހެންކަމުން އެއްރަށެއްވުރެ ގިނަ ރަށްތައް ހިމެނޭ ދާއިރާތަކުގައި ކޮނމެ ރަށާކުން ދާއިރާގެ ނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހެއެވެ. އަދި އެއްރަށުގައި އެއްދާއިރާ އަދި އެއްށްވުރެ ގިނަ ދާއިރާތައް ހިމެނޭ ރަށްތަކުގައި އަންހެނުންގެ ސެކްރެޓަރީ އަަކައި، ޒުވާނުންގެ ސެކްރެޓަރީއެއް ވެސް ހޮވަންޖެހެއެވެ.

ޕާޓީ ވެބްސައިޓުގައި މި މަޤާމުތަކައް ކުރިމަތިލުމަށް އެދޭ ފޯމް ފުރުމަށް ފަހު، ޝައުގުވެރި ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ، 14:00 ގެ ނިޔަލަށް ހުށަހަޅަމުން ގެންދިއުމަށް އެމްޑީޕީއިން އިލްތިމާސްކުރެއެވެ.

އަދި އެހެންމެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ފަރާތުން ވާދަކުރުއްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ ބާއްވާނެ ދުވަހެއް އިދާރީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަވުމައި އެކު ވަރަށް އިއުލާން ކުރާނެ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަލްއުސްތާޛު އަނަސް ޢަބްދުއް ސައްތާރު ވިދާޅުވިއެވެ.

ޓެގްސް: އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.