ވޭތުވެދިޔަ އަށް އަހަރަކީ މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ ހޫނު އަށް އަހަރު ކަމަށް އދ ގެ ރިޕޯޓެއްގައިވަނީ ބުނެފައެވެ. މިއީ ޕްލެނެޓުން ފޮނުވާ “ޑިސްޓްރެސް ސިގްނަލްއެއް” ނުވަތަ ނުރައްކަލުގެ ނިޝާނެއް ކަމަށް އދ ގެ ޗީފް އެންތޯނިއޯ ގުތެރަސްވަނީ ވިދާޅުވެފައެވެ.
އދ.ގެ މޫސުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ އިދާރާއިން ވަނީ ދުނިޔޭގެ މޫސުމާބެހޭ އަހަރީ ރިޕޯޓު އާއްދީތަ ދުވަހު އާންމުކޮށްފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާދަޔާ ހިލާފަށް ހޫނު ވުމާއި، ގްލޭޝިއާ ވިރިގެން ދިއުމާއި، ވާރޭ ވެހޭ މިންވަރު އިތުރުވުމުގެ ސަބަބުން ގުދުރަތީ ކާރިސާތައް ވަނީ އިތުރުވެފައިވާ ކަމަށް، ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން އދ ގެ ކޮޕް 27 ސަމިޓުގައިވަނީ ބުނެފައެވެ.
ޕެސިފިކް ކަނޑުގައި ވަކިވަކިން އަދި ގުދުރަތީ ގޮތުން ދިމާވާ ޖައްވު ފިނިކޮށްދޭ ލާ ނީނާގެ އަސަރު 2020 ވަނަ އަހަރުން ފެށިގެން ކުރި ނަމަވެސް، މިއަހަރު ވަނީ މިހާތަނަށް ރިކޯޑްކުރެވިފައިވާ ފަސްވަނަ ނުވަތަ ހަވަނައަށް އެންމެ ހޫނުގަދަ އަހަރަށް ވުމުގެ މަގުމަތީގައެވެ.
ކަނޑުގެ ފެންގަނޑުގެ މަތީ ފަށަލއިގެ ފިނިހޫނުމިން ވަނީ 2021 ވަނަ އަހަރު ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށް ގޮސްފައެވެ. މިފަށަލައިގެ ބޭނުމަކީ އިންސާނުން ޖައްވަ ދުކުރާ ކާބަންގެ 90 އިންސައްތަ އަންބުރާ ފެންގަނޑުގެ ތެރެއަށް 'އެބްޒޯބްކުރުން' ނުވަތަ ދަމައިގަތުމެވެ.