ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލްގެ ފޯވާޑެއްގެ ގޮތުގައި ކުޅޭ މިސްރުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދް ސަލާޙް

ކުޅިވަރު

"ސަލާޙް ހުއްޓާ ނުލެވޭނެ"، ރެޑްސް ސްޕާސް އަތުން މޮޅުވި މެޗަށްފަހި ކްލޮޕް ބުނެފި

ރާނިއާ - ޔޫރަޕް | 8 ނޮވެންބަރު 2022 , އަންގާރަ 08:49   199

ޕްރިމިއާ ލީގުގެ އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 1-2 އިން މޮޅުވި މެޗާއި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާޙް ހުޝިޔާރުކަމާއެކު އެއް ގޯލު ޖެހުމަށްފަހު ފުރަތަމަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރިއެވެ.

މެޗުގެ 11 ވަނަ މިނިޓަށް ފަހު މިސްރުގެ ސަލާޙްވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހާފައެވެ. އޭނާ މާހިރުކަމާއެކު އޭރިއާ ތެރޭގައި ޑާވިން ނޫނެޒް ދިން ޕާހެއް ކޮންޓްރޯލްކޮށް، އެނބުރިލާފައި ވައަތު ފައިން ކަނަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނެވެ.

ސަލާޙް ދެވަނަ ގޯލު ޖަހާފައިވަނީ ހާފް ޓައިމްގެ 5 މިނިޓު ކުރިންނެވެ. އެލިސަން ބޮލުން ޖެހި ބޯޅަ އެރިކް ޑިއާ އަށް 'މިސްކިއު' ވުމުން ސަލާޙް ވަނީ ހިއުގޯ ލޮރިސް ކައިރިން ބޯޅަ އަތުލާފައެވެ.

ލިވާޕޫލްގެ 'އޯލް ޓައިމް' އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ ކެނީ ޑަލްގްލިޝް އަށް ވުރެ ކުރިއަށް ދިއުމަށް ސަލާހް އަށް މިހާރު މަދު ވަނީ ތިން ގޯލެވެ. އަދި ލިވާޕޫލްގެ މެނޭޖަރު، ޔާގެން ކްލޮޕް ވަނީ 'ސަލާޙް ނުހުއްޓުވޭނެ' ކަމަށާއި ސަލާޙްގެ ތަފާސްހިސާބުތައް 'އިންސޭން' ކަމުގެ ގޮތުގައި ސިފަ ކޮށްފައެވެ.

މިޕްރިމިއާ ލީގުގައި ސަލާޙް ޖަހާފައިވަނީ އެންމެ ހަ ގޯލު ކަމުގައިވިޔަސް، މިސްރުގެ ކުޅުންތެރިޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއީ ލިވާޕޫލް ކުރީ ސީޒަނުގެ ދަށް ފެށުމުން އަރައިގަތުމަށް މަސައްކަތް ކުރަމުން ދާއިރު ލިވާޕޫލް އަށް ލިބޭ އުފަލެކެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.