2018 ވަނަ އަހަރު ޖަޕާންގެ ގައުމީ ޓީމް، ސަމުރާއި ބްލޫ

ކުޅިވަރު

ވޯލްޑް ކަޕް ސްކުއޮޑް ހާމަކުރި ފުރަތަމަ ގައުމަކަށް ޖަޕާން

ރާނިއާ - އޭޝިއާ | 7 ނޮވެންބަރު 2022 , ހޯމަ 16:12   262

ޖަޕާނުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ 26 ކުޅުންތެރިންގެ ސްކުއޮޑުގެ ލިސްޓް އާދިއްތަ ދުވަހު ވަނީ ދައްކާލާފައެވެ. އެހެންކަމުން ޖަޕާން ވަނީ ވޯލްޑް ކަޕަށް އެންމެ 19 ދުވަސް ބާކީ އޮތް އިރު، ވާދަކުރާ 32 ޓީމުގެ ތެރެއިން އެންމެ ފުރަތަމަ ލައިންއަޕް ހާމަކުރި ޓީމް ކަމަށް ވެފައެވެ.

ޖަޕާނުގެ ސަމުރާއީ ބްލޫގެ ހެޑްލައިންގައި ތިބީ މިޑްފީލްޑަރު ޑައިޗީ ކަމާޑާ އާއި އެޓޭކަރު ޓަކެފޫސާ ކޫބޯ ކަމަށް ޓޯކިޔޯގެ ނޫސް އެޖެންސީއަކުން ވަނީ ބުނެފައެވެ.

"އަހަރެންވަނީ ކުޅުންތެރިންނަށް [އެމީހުންގެ ކްލަބުތަކުގައި] ކުރިމަތިވެފައިވާ ހާލަތްތަކާއި، ވޯލްޑް ކަޕްގައި ކުޅެން އަޅުގަނޑުމެން ރާވާފައިވާ ގޮަތަށް ވިސްނުމަށްފަހު، ހަރަކާތްތަކަށް އަހަންމިއްޔަތުކަން ދީގެން، އެންމެ ރަނގަޅު، ފުރިހަމަ ސެލެކްޝަންއެއް ނެރެފައި،" ޖަޕާންގެ ގައުމީ ޓީމުގެ މެނޭޖަރު ހަޖީމޭ މޮރިޔާސޫ ވަނީ އިއުލާނުގައި ބުނެފައެވެ.

ސްކުއޮޑް ލިސްޓް

ގޯލްކީޕަރުން:

  • އެއިޖީ ކަވާޝިމާ (ސްޓްރާސްބާގް)
  • ޝުއިޗީ ގޮންޑާ (ޝިމިޒޫ އެސް-ޕަލްސް)
  • ޑޭނިއަލް ޝްމިޓް (ސިންޓް-ޓްރުއިޑެން)

ޑިފެންޑަރުން:

  • ޔޫޓޯ ނަގަޓޯމޯ (އެފްސީ ޓޯކިޔޯ)
  • މާޔާ ޔޮޝިޑާ ​​(ޝާލްކޭ)
  • ހިރޯކީ ސަކައި (އުރާވާ ރެޑްސް)
  • ޝޯގޯ ޓަނިގުޗީ (ކަވާސާކީ ފްރޮންޓޭލް)
  • މިކީ ޔަމަނޭ (ކަވާސާކީ ފްރޮންޓޭލް)
  • ކޯ އިޓަކުރާ (ބޮރޫޝިއާ މޮންޗެންގްލަޑްބަޗް)
  • ޔޫޓާ ނަކަޔާމާ (ހަޑަރސްފީލްޑް)، ހިރޯކީ އިތޯ (ސްޓޫޓްގާޓް)
  • ޓާކެހިރޯ ޓޮމިޔާސޫ (އާސެނަލް)

މިޑްފީލްޑަރުން /ފޯވާޑުން

  • ގާކު ޝިބާސާކީ (ލިގޭންސް)
  • ވަޓަރޫ އެންޑޯ (ސްޓަޓްގާޓް)
  • ޖުންޔާ އިތޯ (ރީމްސް)ޓަ
  • ކުމާ އަސާނޯ (ބޮޗަމް)
  • ޓަކުމީ މިނާމިނޯ (މޮނާކޯ)
  • ހިޑެމާސާ މޮރިޓާ (ސްޕޯޓިން ލިސްބަން)
  • ޑައިޗީ ކަމަޑާ (އައިންޓްރަކްޓް ފްރެންކްފަރޓް)
  • ޔޫކީ ސޯމާ (ނަގޯޔާ ގްރެމްޕަސް)
  • ކައޯރޫ މިޓޯމާ (ބްރައިޓަން)
  • ޑައިޒެން މައެޑާ (ސެލްޓިކް)
  • ރިޓްސޫ ޑޯއަން (ފްރައިބާގް)
  • އަޔާސޭ އުއެޑާ (ސަރކަލް ބްރަގް)
  • އައޯ ޓަނާކާ (ފޯޓޫނާ ޑަސެލްޑޯރފް)
  • ޓަކެފޫސާ ކުބޯ (ރިއަލް ސޮސައިޑޭޑް)
ޓެގްސް: ފުޓުބޯޅަ ޖަޕާން ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.