ގޫގުލް ޑްރައިވް އަކީ ގޫގުލް އިން އުފައްދާފައިވާ ފައިލް ސްޓޯރޭޖް އަދި ސިންކްރޮނައިޒޭޝަންގެ ހިދުމަތެއް

ޓެކްނޯލޮޖީ

ގޫގުލް ޑްރައިވް ގެ ވާކްޕލޭސް ބޭނުންކުރާ ފަރާތްތަކަށް އިތުރު ދެ ކަމެއް

ރާނިއާ - ދުނިޔެ | 8 ނޮވެންބަރު 2022 , އަންގާރަ 14:51   237

ގޫގުލް ޑްރައިވް ބޭނުންކޮށްގެން އޮފީސް ކުދިންނާއި ފައިލްތައް ހިއްސާކުރާނަމަ، އެމީހުންނަށް އެކްސެސް ލިބޭ މުއްދަތު ހަމަވާ ތާރީހެއް ކަނޑައެޅިދާނެކަން އެނގިވަޑައިގަންނަވާނެއެވެ. ނަމަވެސް މިކަން ކުރެވެނީ ފައިލް ހިއްސާ ކުރުމަށްފަހު އެކަންޏެވެ. މިހާރު އާ އަޕްޑޭޓާއެކު ގޫގުލް އިން ޕްރޮޖެކްޓް ހިއްސާ ކުރުމުގެ ކުރިން އެކްސެސް މުއްދަތު ހަމަވާ ތާރީހެއް ކަނޑައެޅޭނެއެވެ.

މިކަން ކުރުމަށްޓަކައި އެޑިޓަރ މެނޫއަށް ފިތާލުމަށްފަހު، “އެޑް އެކްސްޕިރޭޝަން" އޮޕްޝަން ހޮވައި، އެކްސެސް ބާތިލް ކުރަން ބޭނުންވާ ތާރީހަށް ފިއްތާލެވޭނެއެވެ. މީގެ އިތުރުން އާ އަޕްޑޭޓުން އެޑިޓަރުންނަށް ވެސް މުއްދަތު ހަމަވާ ތާރީހު ކަނޑައެޅޭނެއެވެ. ކުރިން އެފަދަ ތާރީހެއް ކަނޑައެޅޭނީ ހަމައެކަނި ބެލުންތެރިންނާއި ކޮމެންޓް ކުރާ މީހުންނަށް އެކަންޏެވެ.

މި އާ ފީޗާސްތައް ނޮންޕްރޮފިޓް ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ވެސް ލިބޭނެ އެވެ. މީގެ ތެރޭގައި ގޫގުލް ވޯކްސްޕޭސް ބިޒްނަސް ސްޓޭންޑަޑް، ބިޒްނަސް ޕްލަސް، އެންޓަޕްރައިސް އެސެންޝިއަލްސް، އެންޓަޕްރައިސް ސްޓޭންޑަޑް، އެންޓަޕްރައިސް ޕްލަސް، އެޑިއުކޭޝަން ޕްލަސް، އަދި އެޑިއުކޭޝަން ސްޓޭންޑަޑް ހިމެނެއެވެ.

ގޫގުލް އިން ބުނި ގޮތުގައި އެ ކުންފުނިން އާ ފީޗާސްތައް ހަލުވި ސްޕީޑެއްގައި ތައާރަފް ކުރަމުންދާއިރު، އޭގެ މާނައަކީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޝަރުތު ހަމަވާ ހުރިހާ ޔޫޒަރުންނަށް އެ ފީޗާތައް ލިބެން ޖެހޭނެކަމަށެވެ.

މީގެ އިތުރުން އާ ފީޗާސްތައް ޑިފޯލްޓްކޮށް އެނެބަލް ކުރެވޭއިރު ޔޫޒަރުންނަށް އެ ފީޗާސްތައް ނިއްވާނުލެވޭނެއެވެ. އަދި ނޮވެމްބަރު މަހުގެ ފަހުކޮޅު ގޫގުލް ޑްރައިވް އެޕްގެ އެންޑްރޮއިޑް ވާޝަންގައި ވެސް އެ ފީޗާސްތައް ލިބެން ހުންނާނެއެވެ.

ޓެގްސް: ގޫގްލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.