އިންޑިޔަން ރުޕީސް، އިންޑިއާގެ ރަސްމީ ފާއިސާ

ހަބަރު

އިންޑިޔާގެ އާއިލާއެއްގެ އެވަރެޖް އާމްދަނީ އަކީ މަހަކު 280 ޑޮލަރު - ރިޕޯޓް

ރާނިއާ - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2022 , ބުދަ 07:50   257

އިންޑިއާގެ 4.2 މީހުންގެ އާއިލާއެއްގެ އެވްރެޖް އާމްދަނީއަކީ މަހަކު 280 ޑޮލަރު ނުވަތަ 23،000 ރުޕީސް ކަމަށް ދާދި ފަހުން ނެރެފައިވާ ރިޕޯޓަކުން ދައްކައިދެއެވެ.

އިންޑިއާގެ 46 އިންސައްތައަށް ވުރެ ގިނަ އާއިލާތަކުގެ އާމްދަނީއަކީ މަހަކު 15،000 ރުޕީސްއަށް ވުރެ މަދު އަދަދެކެވެ. އަދި މިއީ އިންޑިޔާގެ އެންމެ ދަށް މުސާރަ ލިބޭ މީހުން ކަމަށް 'މަނީ9' އިން ކުރި ޕާސަނަލް ފައިނޭންސް ސާވޭއަކުން ދައްކުވައިދެއެވެ.

'މަނީ9' އިން ކުރިއަށް ގެންގޮސްފައިވާ ފައިނޭންޝަލް ސެކިއުރިޓީ ސާވޭ އިންޑެކްސްގައި ރައްޔިތުންގެ މާލީ ރައްކާތެރިކަމުގެ ފުރަތަމަ ދައުލަތުގެ ރޭންކިންގައި އިންޑިއާގެ ރައްޔިތުން އާމްދަނީ ހޯދާ ގޮތާއި، ޚަރަދުކުރާ ގޮތާއި، ރައްކާކުރާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

އިންޑިއާގެ ގޭބިސީތަކުގެ ތެރެއިން ލަގްޒަރީ ގޭބިސީތަކުގައި އުޅެނީ އެންމެ 3 އިންސައްތަ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ މަތީ މެދު ފަންތީގެ ނުވަތަ މުއްސަނދި ފަންތިއަށް ނިސްބަތްވާ މީހުންނެވެ.

ސާވޭއިން ދައްކާ ގޮތުގައި އިންޑިއާގެ ގޭބިސީތަކުގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ ގޭބިސީތަކުން މާލީ ރައްކާތެރިކަން ކޮންމެވެސް އެއް ސިފައެއްގައި ޙަރަކާތް ކުރެއެވެ. މީގެ ތެރޭގައި އިންޝުއަރެންސް، ބޭންކް ޑިޕޮސިޓް، ޕޯސްޓް އޮފީސް ސޭވިންގްސް، އަދި ރަން ފަދަ ފައިސާގެ ބާވައްތައް ހިމެނެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެއް ފަންތިއެއްގައި ހިމެނޭ އިންޑިއާގެ ގޭބިސީތަކުގެ ފަސްބައިކުޅަ ދެބައި މީހުންނަކީ މާލީ އެއްވެސް ރައްކާތެރިކަމެއް ގެންގުޅޭ މީހުންނެއް ނޫނެވެ.

ޓެގްސް: އިންޑިއާ ދުނިޔޭގެ އިގްތިޞޯދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.