މެރިން ޝަހާދަތް ކިޔަން އިން ވީޑިއޯގެ ތަންކޮޅެއް

ދީން

ރިއަލިޓީ ޓީވީ ތަރި، މެރިން އަލް ހިމަރް އިސްލާމްވެއްޖެ

ރާނިއާ - ޔޫރަޕް | 9 ނޮވެންބަރު 2022 , ބުދަ 08:36   519

ފްރާންސްގެ ރިއަލިޓީ ޓީވީ ތަރި މެރިން އަލް ހިމަރް އިސްލާމްވިކަން އިއުލާންކޮށްފިއެވެ. ސޯޝަލް މީޑިއާގެ އިންފްލުއެންސަރ އޭނާގެ ފޭނުންނާ ހިއްސާކުރި ވީޑިއޯއެއްގައި އޭނާ ޝަހާދަތް ކިޔާ އިސްލާމްވި މަންޒަރު ފެނިގެންދެއެވެ. އޭގެ ފަހުން އެ ވީޑިއޯއަށް ވަނީ އެތައް ހާސް ލައިކްސް އާއި ކޮމެންޓްތަކެއް ލިބިފައެވެ.

ފްރާންސްގެ ރިއަލިޓީ ޓީވީ ޝޯ 'ލަ ޕްރިންސަސް އެ ލަ ޕްރިންސް ޑެ ލެއަމޯރް' އިން ފެނިގެންދިޔަ މަޝްހޫރު އިންފްލުއެންސަރ ބުނެފައިވަނީ އޭނާ އިސްލާމްވެފައިވަނީ "ހިތާއި ބުއްދި އިހްތިޔާރުކޮށްފަ" ކަމަށެވެ.

"ކޮންމެ ދީނަކަށް ބަދަލުވިޔަސް އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެއީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އަސާސީ ހައްގެއް"، ފަޚުރުވެރިކަން ފާޅުކުރަމުން، އިންފްލޫއެންސަރު ބުންޏެވެ.

އެލް ހިމަރް އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާގެ ފޭނުންގެ މެދުގައި މަގުބޫލު އިންފްލުއެންސަރެކެވެ. އިންސްޓަގްރާމްގައި އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިގެ އިތުރުން ޓްރެވަލް އެޑްވެންޗާސް އާއި ފެޝަން ވެސް ހިއްސާކުރެއެވެ.

ސެޕްޓެމްބަރު މަހު އިންފްލޫއެންސަރު ވަނީ އޭނާގެ މިލިއަނަކަށް ވުރެ ގިނަ ފޮލޯވަރުންނާ އެކު މޮރޮކޯގެ ގައުމިއްޔަތުކަން ލިބުމުގެ އުފާ ހިއްސާކޮށްފައެވެ.

ޓެގްސް: ފްރާންސް އިސްލާމީ ދުނިޔެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.