ރާޔޯ ވެޔަކާނޯގެ އިވާން ބަޔޯ މެޗު ކާމިޔާބުވުމުން އުފާ ފާޅުކުރަނީ

ހަބަރު

މޮޅުކުޅުމެއް ދެއްކިޔަސް އަދި މޮޅެއް ނުހޯދޭނެ : ރިއަލްގެ ކޯޗް އަންޗްލޯޓީ

ރާނިއާ - އައްޑޫ އަތޮޅު | 9 ނޮވެންބަރު 2022 , ބުދަ 11:33   353

ރާޔޯ ވަޔަކާނޯ އަތުން 2-3 އިން ބަލިވެ، ރިއަލް މެޑްރިޑް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ލަލީގާގައި ބަލިވުމުން ކާލޯ އެންޗެލޯޓީ ވަނީ ރިއަލް މެޑްރިޑްގެ ވިސްނުމަށް ފާޑުކިޔާފައެވެ. އަދި އެންޗެލޯޓީ ވަނީ ކޮލިޓީއަށް އެކަނި ބަރޯސާ ކޮސްގެން މޮޅެއް ނުލިބޭނެކަމަށް ބުނެފައެވެ.

މިއީ ވަރަށް ކައިރި ކައިރިން ގޮސްފައިވާ މެޗެކެވެ. ރާޔޯ ވަޔަކާނޯގެ މިޑްފީލްޑާރު ވަނީ މެޗު ފެށިގެން މާ ގިނައިރެއް ނުވެ ގޯލެއް ކާމިޔާބުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލޫކާ މޮޑްރިޗް ވަނީ ރިއަލައަށް ޕެނަލްޓީއެއް ކާމިޔާބުކޮށްދީފައެވެ. އަދި އެދަރް މިލިތާއޯ ބޮލުން ޖެހި ގޯލު އަނެއްކާވެސް ވިޒިޓާސް އަނެއްކާވެސް ވަނީ ކުރި ހޯދާފައެވެ. ނަމަވެސް ބްރޭކްގެ ހިނދުކޮޅެއް ފަހުން އެލްވަރޯ ގާސިއާ ވަނީ ފުރަތަމަ ހާފުގެ އެންމެ ފަހު ގޯލު ޖަހާފައެވެ.

ރާޔޯ ވެޔަކާނޯގެ ކެޕްޓަން އޮސްކާ ޓްރެހޯ، ދެވަނަ ހާފުގައި ޖަހާފައިވާ ޕެނަލްޓީ އެމީހުންނަށް މޮޅު ދިނެވެ. އަދި ލަލީގާގެ އެންމެ މަތީގައި އޮތް ރިއަލް 2 ޕޮއިންޓް ދަށްވެ ބާސެލޯނާ އެންމެ މައްޗަށް ދިޔައެވެ.

މިމެޗުން ބަލިވުމުން މެޑްރިޑް ގެ 12 މޮޅުގެ ސްޓްރީކް ގެއްލިގެންދިޔައެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި އަމިއްލަ ދަނޑުގައި ޖިރޯނާ އަތުން 1-1 އިން އެއްވަރުވި މެޗަށްފަހު ޖެހިޖެހިގެން ދެވަނަ މެޗުން ޕޮއިންޓް ގެއްލިގެންދިޔައެވެ.

އޮކްޓޯބަރު މަހުގެ ކުރީކޮޅު ފެށި 36 ދުވަހުގެ ތެރޭގައި 11 މެޗުށް ފަހު މެޑްރިޑަށް މިހާރު އޮތީ އެންމެ މެޗެކެވެ. އެފަހުން ވޯލްޑް ކަޕަށް ލަލީގާ 7 ހަފްތާގެ ބްރޭކެއް ނަގާނެއެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.