'ޑީފޮރެސްޓޭޝަން'، އިންސާނުންގެ ހަރަކާތްތަކަށް މަގުފަހިކުރުމަށްޓަކައި ފަޅުތަކުން (ނުވަތަ އެހެން ބިންތަކުން) ގަސްތައް ބޮޑުތަނުން ނައްތާލުން

ދުނިޔެ

ކޮޕް 27 : 140 ޤައުމުން ވިވަޢުދުތައް ނުފުދި، ޖަންގަލިތައް ނެތިދިއުން އަކެއްކާވެސް އެޖެންޑާއަށް

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 09:11   196

ހޯމަ ދުވަހު ބޭއްވި ކޮޕް 27 މޫސުމާ ބެހޭ މަޝްވަރާތަކުގައި 25 އަށް ވުރެ ގިނަ ގައުމު ވަނީ ބައިވެރިވެފައެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް 'ޑީފޮރެސްޓޭޝަން' ނިމުމަކަށް ގެެނައުމަށް ކޮށްފައިވާ ވައުދަށް އެކަކު އަނެކަށް ޖަވާބުދާރީ ކުރުވާނެކަމަށައި، މި މަސައްކަތް ފައިނޭންސް ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ވަނީ ދީފައެވެ.

ފޮރެސްޓް އެންޑް ކްލައިމެޓް ލީޑަރސް ޕާޓްނަރޝިޕްގެ ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަނީ ގާނާ އާއި އެމެރިކާއިންނެވެ.

މިބައްދަލުވުން ބާއްވައިފައިވަނީ މިދިޔަ އަހަރު އިނގިރޭސިވިލާތުގާއި ބޭއްވުނު ކޮޕް 26 ގާއި، ކުރިއަށް އޮތް ދިހަ އަހަރު ނިމޭއިރު ފަޅު ކެނޑުން ނިމުމަކަށް ގެނައުމަށް 140 އަށް ވުރެ ގިނަ ލީޑަރުން ވައުދުވުމުގެ އަހަރެއް ފަހުންނެވެ. އޭގެ ފަހުން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވެއެވެ. އަދި ފަޅު ކެނޑުމާއި ފައިނޭންސް ކުރުމާ ގުޅޭ ގޮތުން ސަލާމަތީ ސިޔާސަތުތައް ޤާއިމުކޮށްފައިވަނީ މަދު ޤައުމުތަކަކުންނެެވެ.

ޖަޕާނާއި ޕާކިސްތާނާއި ރިޕަބްލިކް އޮފް ކޮންގޯ އަދި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ހަދާފައިވާ މި އާ ގްރޫޕްއަކީ ދުނިޔޭގެ ފަޅުތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ ހިމެނޭ ގައުމުތަކެވެ. އަދި މިގައުމުތަކުން ކުރިއެރުންތައް ބެލުމަށް އަހަރަކު ދެ ފަހަރު ބައްދަލުވުމަށް އަމާޒު ކުރެއެވެ.

އެމެޒޯން ރެއިންފޮރެސްޓް އޮންނަ ބްރެޒިލް އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަކީ ބޮޑު ފަޅެއް އޮންނަ، ހިމާޔަށް ކުރެވިފައިވާ ގޮރިއްލާތަކެއް ދިރިއުޅޭ ތަނަކަށް ވިކަމުގައި ވިޔަސް މި ދެގައުމު މި ގްރޫޕުގައި ބައިވެރި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.