މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ދުނިޔެ

ރައީސް ނަޝީދު ކޮޕް27ގައި ސްރީލަންކާ ތަމްސީލުކުރައްވާތީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވަނީ

ރާނިއާ - ދުނިޔެ | 9 ނޮވެންބަރު 2022 , ބުދަ 12:20   286

ކޮޕް 27 ސަމިޓުގައި އަމިއްލަ ޤައުމު ދޫކޮށް، ސްރީލަންކާ ތަމްސީލްކޮށްދެމުން އަންނާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދް ނަޝީދަށް އަންނަނީ އަމާޒުވަމުންނެވެ.

ކޮޕް 27 ސަމިޓުގައި ބައިވެރިވުމަށް ނަޝީދްވަނީ ހުކުރު ދުވަހު ހެނދުނު ރާއްޖެއިން ފުރައިވަޑައިގެންފައެވެ. ސްރީލަންކާގެ ގައުމީ ވަފުދުގެ މަންދޫބެއްގެ ގޮތުގައި ކޮޕް27 ގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ މިދަތުރުފުޅާ ގުޅޭގޮތުން ހަމަ އެދުވަހު މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނަޝީދުގެ މިދަތުރައި ބެހޭގޮތުން އެންމެ ފުރަތަމަ ހިތް ހަމަ ނުޖެހުން ފާޅުކޮށްފާއި އެކަކީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި ދިވެހިރާއްޖޭގެ ރައްޔިތުން މުސާރަ ދެމުން ގެންދަވަނިކޮށް، ނަޝީދު އެހެން ގައުމެއް ތަމްސީލުކުރުމާމެދު މުނައްވަރު ވަނީ ސުވާލަ އުފައްދަވާފައެވެ.

ގާނޫނުއަސާސީގައި އެހެން ގައުމެއްގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ މަޖްލިސް މެމްބަރަކަށް ނުވެވޭނެ ކަމަށް ބުނެފައިވަނީ ވަކި ސަބަބުތަކަކާ ހުރެ ކަމަށް، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ދިވެހިރާއްގޭގެ މަސްލަހަތަށް ވުރެ އެހެން ގައުމެއްގެ މަސްލަހަތު އިސްކުރުމަށް ޖާގަ ކުޑަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ދެކެވަޑައިގަންނަވާގޮތުގައި ނަޝީދުގެ މިއަމަލަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފުވާ ކަމެކެވެ.

އަދީ މީގެ އިތުރުން ކުރީގެ ރައީސް ޔާމިން، ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި، ނަޝީދުގެ ސަރުކާރުގެ ފުރަތަމަ އެޓާނީ ޖެނެރަލް ދިޔާނާ ސައީދް އަދި ކޮމިޝްނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވެސް ވަނީ ނަޝީދުގެ މިއަމަލާއި މެދު ހިތް ހަމަ ނުޖެހުން ފާޅުކުރައްވާފައެވެ.

ނަޝީދުގެ ދަތުރުފުޅަށް ދައުލަތުން އެއްވެސް ފައިސާއެއް ހަރަދުކޮށްފާއި ވާތޯ ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. އަދި އެހެން ގައުމެއް ތަމްސީލު ކުރުމަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި ބަޖެޓުގެ އެއްވެސް ހަރަދެއް ފާސްކޮށްގެން ނުވާނެކަމަށްވެސް ބުންޏެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.