ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ, ފުރަތަމަ ފީފާއާއި ގުޅުނީ 1975 ވަނަ އަހަރު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި އަދި އޭނާ ވަނީ 1998 ވަނަ އަހަރު ރައީސް ކަމަށް ހޮވިފާއި

ކުޅިވަރު

ޤަތަރާއި ވޯލްޑް ކަޕް 2022 ބޭއްވުން ހަވާލުކުރުމަކީ ގޯހެއް :ސެޕް ބްލެޓަރ

ރާނިއާ - ދުނިޔެ | 9 ނޮވެންބަރު 2022 , ބުދަ 14:14   316

ބްލެޓަރ، އަކީ 2010 ވަނަ އަހަރު ގަތަރަށް ވޯލްޑް ކަޕް ބޭއްވުމާއި ހަވާލުކުރިއިރު ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީގެ ރައީސްއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ޤަތަރާއި ހަވާލުނުކުރުމަށް އޭރު ބުނިވާހަކަ އަކީ ރަނގަޅު ވާހަކައެއް ކަމަށް ބްލެޓާ ވަނީ ބުނެފައެވެ.

ގަތަރަކީ މުބާރާތް ބާއްވަން "މާ ކުޑަ ގައުމެއް" ކަމަށާއި "ފުޓްބޯޅަ އާއި ވޯލްޑް ކަޕް އަކީ އެގައުމަށް މާ ބޮޑު ޒިންމާއެއް" ކަމަށް، ސްވިޒަލޭންޑްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބްލެޓާ އިތުރަށް ވިދާޅުވިއެވެ.

ޤަތަރުގައި ބާއްވާ ވޯލްޑް ކަޕް މުބާރާތަކީ، މި މުބާރާތުގެ 92 އަހަރުގެ ތާރިހުގާއި މެދުއިރުމަތީގައި ބާއްވާ ފުރަތަމަ، އަދި އުތުރު ހެމިސްފިއާގެ ވިންޓަރުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. އަދި މުބާރާތް ނޮވެމްބަރު 18 އިން ފެށިގެން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ބްލެޓާ ފީފާގެ ރައީސްގެ މަގާމުގައި 17 އަހަރު ހޭދަކުރެއްވި ނަމަވެސް 2015 ވަނަ އަހަރު މަގާމުން ވަކިވާން މަޖުބޫރުވިއެވެ. ގާނޫނާ ހިލާފަށް ޕްލެޓިނީއަށް ދެ މިލިއަން ސްވިސް ފްރާންކް (2.19 މިލިއަން ޑޮލަރު؛ 1.6 މިލިއަން ޕައުންޑް) ޓްރާންސްފާ ކުރިކަމުގެ ތުހުމަތުގެ މައްޗަށް، ޕްލެޓިނީ އާއި ދެމީހުންގެ ވަޒީފާވެސް ގެއްލިގެން ދިޔައެވެ.

ޕްލެޓިނީ އަށް ދީފައިވާ ފާއިސާގެ މައްސަލައިގާއި، ފީފާއިން ވަނީ ފުރަތަމަ އޭނާއަށް 8 އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ވުން މަނާކޮށްފައެވެ. ނަމެވެސް ފަހުން 6 އަހަރަށް މި ބަދަލުކޮށްފައި އޮތް އިރު އޭގެ ފަހުން 2021 ވަނަ އަހަރުގެ މާޗް މަހު އޭނާއަށް ވަނީ ފީފާގެ ސުލޫކީ މިންގަނޑާ "ތަފާތު ޚިލާފުތަކެއް" ގެ ސަބަބުން 2028 ވަނަ އަހަރާ ހަމައަށް މި މުއްދަތު އިތުރުކޮށްފައެވެ.

ޓެގްސް: ވޯލްޑްކަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.