ޓެސްލާއަކީ، އެމެރިކާގެ މަލްޓިނޭޝަނަލް އޮޓޯމޯޓިވް އަދި ކްލީން އެނާޖީ ކުންފުންޏެއް

ވިޔަފާރި

ޓެސްލާ ކާރު، ޕަވާރ ސްޓިއަރިންގް މައްސަލަ އާއިހެދި 40،000 ކާރު އަނބުރާ ގެންދަނީ

ރާނިއާ - ދުނިޔެ | 12 ނޮވެންބަރު 2022 , ހޮނިހިރު 09:22   172

އީލާން މަސްކްގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާއިން، ވަނީ މީގެ ކުރިން ބާޒާރަށް ނެރެފައިވާ ކާރުތަކުގެ، ޕަވަރ ސްޓިއަރިން އެސިސްޓް ސިސްޓަމް ދަތި މަގުތަކުގައި ނުވަތަ ވަޅުގަނޑެއްގައި ޖެހިއްޖެނަމަ ފޭލްވެދާނެކަމަށް ބުނެ އެކާރުތައް އަނބުރާ ގެންދިއުމަށް ނިންމައިފިއެވެ.

ޓެސްލާއިން ވަނީ އެ ސިސްޓަމް ރީކެލިބްރޭޓް ކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ވެސް ނެރެފައެވެ. އަދި ޓެސްލާއިން މި އުޅަނދުތައް އަނބުރާއި ގެންދިއުމަށްފަހު މި އަޕްޑޭޓް އަންނަނީ އަޅައިދެމުންނެވެ. އަނބުރާއި ގެންދިއުމަށްފަހު މި އަޕްޑޭޓް އަޅާފާއިވާ 97 އިންސައްތަ ވެހިކަލްތަކުން މި މައްސަލަ ހައްލުވެއްޖެ ކަމަށްވެސް ޓޭސްލާއިން ވަނީ ބުނެފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާއި ނުވަތަ މަރުވެފައިވާކަން އެނގިފައި ނުވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިމައްސަލަ ދިމާވެފާއިވަނީ 2017-21 ވަނަ އަހަރުގެ މޮޑެލް އެސްް އަދި މޮޑެލް އެކްސް ވެހިކަލްތަކުގައެވެ.

ޓެސްލާއިން ވަނީ 2022 ވަނަ އަހަރު 17 ރިކޯލް ނޯޓިސް ނެރެ، 3.4 މިލިއަން ވެހިކަލް އަނބުރާއި ނަގާފައެވެ. އަދި ސެޕްޓެމްބަރު މަހު ކާރުގެ ކުޑަދޮރު މާ އަވަހަށް ބަންދުވުމުން މީހުންގެ އިނގިލި ފިތިދާނެ ކަމުގެ ބިރުހީވެ އެމެރިކާގެ 1.1 މިލިއަން ކާރު ވަނީ ރީކޯލް ކޮށްފައެވެ.

ޓެގްސް: އިލެކްޓްރިކް ކާރު އީލާން މަސްކް ޓެސްލާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.